05 Sep 2013, 16:04
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އެރޭ 11:00 ގައި އިއުލާން ކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަން ކޮމިޝަނުން ބުނީ އިންތިޚާބު އޮންނަ ދުވަހު ތިން ނިއުސް ކޮންފަރެންސް އެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ ނިއުސް ކޮންފަރެންސް އޮންނާނީ އެދުވަހުގެ ހެނދުނު 9:00 އިން 9:30 އަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. އަދި ދެވަނަ ނިއުސް ކޮންފަރެންސް މެންދުރު 2:30 އިން 3:00 އަށް އަދި ތިން ވަނަ ނިއުސް ކޮންފަރެންސް ހަވީރު 5:30 އިން 6:00 އަށް އޮންނާނެ ކަމަށް އިލެކްޝަނުން ބުނެ އެވެ.
ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބުގައި ރާއްޖޭގައި ވޯޓުލުން ފަށާނީ އެދުވަހުގެ 7:30 ގަ އެވެ. އަދި ވޯޓުލައި ނިންމަންޖެހެނީ ހަވީރު 4:00 ގަ އެެވެ.
ރާއްޖެއާއި ރާއްޖޭން ބޭރުގައާއި އެކު ޖުމްލަ 470 ވޯޓު ފޮށި ބަހައްޓަން ވަނީ ނިންމާފަ އެވެ.