05 Sep 2013, 15:38
މ. މެދުފުށީ ރިސޯޓުގައި މޫދަށް އެރި އުޅުނު ޓޫރިސްޓަކު މަރުވެއްޖެ އެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި އެ ރިސޯޓުގައި މޫދަށް އެރިއުޅެނިކޮށް މަރުވެފައިވަނީ ސޫރިޔާގެ ފިރިހެނެކެވެ.
އެހާދިސާއާ ބެހޭ ތަފުސީލު އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
އެ މީހާގެ މަރު ސާބިތު ކުރި މުލީ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އެ މީހާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. ނަމަވެސް މަރުވާން ދިމާވި ސީދާ ސަބަބު ބަލަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އާއިލާއާ އެކު މިމަހުގެ ތިން ވަނަ ދުވަހު ޗުއްޓީ ހޭދަކޮށްލަން ދިޔަ މީހާއަކީ އުމުރުން 60 އަށް ވުރެ މައްޗަށް ގޮސްފައިވާ މީހެއް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އަދި އޭނާ މޫދަށް އެރިއުޅުނީ އެމީހުން ތިބި ވޯޓާ ވިލާއާ ދިމާލަށް ކަމަށް އެނގިފައިވެ އެވެ.
މެދުފުށީ ރިސޯޓު ވޯޓާ ވިލާ ކައިރީ މޫދަށް އެރިއުޅުނު ޓޫރިސްޓަކު މަރުވި ކަން ފުލުހުން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.