05 Sep 2013, 13:47
އަންނަ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އެގޮތަށް ހަމަޖެއްސެވީ، ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިހާބް ބާއްވާ ދުވަސް ކަމުގައިވާތީ ކަމަށެވެ.
އަދި އެގޮތަށް ހަމަޖެއްސީ އިލެކްޝަންސް ކޮމިޝަނުން އެގޮތަށް އެދިވަޑައިގެންފައިވާތީ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.