05 Sep 2013, 09:39
ރޭ އަނެއްކާ ވެސް އިތުރު ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.
ރޭ އިރާކޮޅު ގަލޮޅު މަދަރުސާ ކުރިމަތިން ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ އިތުރުން ރޭ 20:15 އެހާކަންހާއިރު ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ ދުވާ ޓްރެކް ސަރަހައްދުންކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މަރާމާރީގައި ޒަހަމު ވެފައި ވަނީ އުމުރުން 36 އަހަރުގެ ބަނގުލަދޭޝްގެ ފިރިހެނެއް ކަމަށެވެ. އަދި ތޫނު އެއްޗަކުން ހަމަލާދީފައި ވަނީ އޭނާގެ ބުރަކައްޓަށް ކަމަށާއި އޭނާ އަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ފަރުވާ ދެމުންދާކަމަށް ފުލުހުން ބުންޏެވެ.
އެކަމާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލްގެ ބަހެއް އަދި ވަނީ ލިބޭގޮތްނުވެފަ އެވެ.
އެ މައްސަލަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.