04 Sep 2013, 21:53
ޕްރިޕެއިޑް ރެޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ހިލޭ ގުޅޭ އަދި މެސެޖް ކުރެވޭ ޕްރޮމޯޝަންއެއް ދިރާގުން މިއަދު ފަށައިފި އެވެ.
"ރެޑް ޓު ރެޑް"ގެ ނަމުގައި ފެށި ޕްރޮމޯޝަންގައި ޕްރިޕެއިޑް ރެޑް ސިމް ގެންގުޅޭ ކަސްޓަމަރުންނަށް މުޅިން ހިލޭ ގުޅައި، މެސެޖް ވެސް ފޮނުވޭނީ ވެސް ޕްރިޕެއިޑް ރެޑް ގެންގުޅޭ ކަސްކަޓަމަރުންނަށް ކަމަށް ދިރާގުން ބުންޏެވެ.
ޕްރޮމޯޝަންގައި ޕްރިޕެއިޑް ރެޑް ކަސްޓަމަރުން އެންމެ 2.99ރ އަށް ރެޑް ބެނިފިޓްސް އެކްޓިވޭޓް ކުރެއްވުމުން އެހެން ޕްރިޕްއިޑް ކަސްޓަމަރުންނަށް ހިލޭ އެސްއެމްއެސް އަދި ކޯލް ކުރެވޭނެ އެވެ. "ރެޑް" ޖެއްސެވުމަށް ފަހު 343 އަށް އެސްއެމްއެސް ކުރެއްވުމުން ޑެއިލީ ރެޑް ބެނިފިޓްސް އެކްޓީވޭޓް ކުރެވޭނެ އެވެ.
ރެޑް ޓު ރެޑް ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އެ ޕްރޮމޯޝަންގައި ރައްޓެހިން ރެޑް ޕެކޭޖް ގެންގުޅޭތޯ ބެލޭނެ ކަމަށް ދިރާގުން ބުންޏެވެ. އެކަން ބެލޭނީ "ޕީކޭޖީ" ޖެހުމަށް ފަހު ހުސްތަންކޮޅެއް ދޫކޮށްފައި ބަލަން ބޭނުންވާ ނަންބަރެއް ޖެހުމަށް ފަހު 444 އަށް އެސްއެމްއެސް ކޮށްގެންނެވެ.