Last Updated: 1 decade 2 year ago
ދެ ޓީމުގެ ގައުމީ ސަލާމަށްފަހު މެޗު ކުޑައިރުކޮޅެއްގެ ތެރޭގައި ފަށާނެ.
ބޫޓާނާ ދެކޮޅަށް ނެރޭނެ ރާއްޖޭގެ ފުރަތަމަ 11 ކުޅުންތެރިން.
އިމްރާން މުހައްމަދު ،ގޯލްކީޕަރު
މުހައްމަދު ޝިފާން (ކުޑައްޓޭ)
މުހައްމަދު އާރިފް (ބަކާ)
އަލީ އަޝްފާގް (ދަގަނޑޭ، ކެޕްޓަން)
އަލީ ފާސިރު (ސެންޓޭ)
އަކުރަމް އަބްދުލް ގަނީ
އިސްމާއިލް އީސާ (މެސީ)
ޝާފިއު އަހުމަދު (ޝާފީ)
މުހައްމަދު ރަޝީދު (ހޮކޭ)
އަހުމަދު އިމާޒް (އާއްކޮ)
މުހައްމަދު އުމެއިރު
ބޫޓާނާ ދެކޮޅަށް ނިކުތުމުގެ ކުރިން ރާއްޖެ ޓީމުގެ ކޯޗް އިސްތަވާން އުރުބާނީ ބުނީ، ބޫޓާނާ ދެކޮޅަށް ދެކޮޅަށް ކުޅުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށާއި އެހެން ނަމަވެސް އެ މެޗުން ތިން ޕޮއިންޓް ހޯދޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް.
މީގެ ކުރިން ރާއްޖެއާ ބޫޓާނާ ކުޅުނު މެޗުތަކަށް ބަލާއިރު، 1984ގެ ސާފް ގޭމްސްގައި މިދެޓީމް ވާދަކުރި މެޗު ރާއްޖެ ކާމިޔާބުކުރީ 1-0 އިން. 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ބޫޓާނާ ވާދަކޮށް ރާއްޖެ މޮޅުވެފައިވަނީ 6-0 އިން. އަދި 2009 ވަނަ އަހަރުގެ ޗެލެންޖްކަޕް ކޮލިފައިންގައި އެޓީމު އަތުން ރާއްޖެ މޮޅުވީ 5-0 ލަނޑު.
މުބާރާތުގައި ވާދަކުރުމަށް ނޭޕާލަށް އައުމުގެ ކުރިން ބޫޓާން ޓީމުގެ ކޯޗް އޮހާރާ މީޑިއާތަކަށް ދީފައިވާ އިންޓަވިއު ތަކުގައި ބުނެފައި ވަނީ މުބާރާތުގައި އެހެން ޓީމުތައް ހައިރާންކޮށްލާފައި ސެމީ ފައިނަލަށް ދެވިދާނެ ކަމަށް ގަބޫލް ކުރާ ކަމަށް.
https://www.youtube.com/watch?v=I5mcffq_nmc
ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގެ ދަސަރަތު ސްޓޭޑިއަމްގައި ރާއްޖެ ގަޑިން މިއަދު ހަވީރު 5:45 ގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ރާއްޖެއިންނެވެ. އެލަނޑު ފުރާތަމަހާފުގެ 15 ވަނަ މިނެޓުގައި ރާއްޖެއަށް ކާމިޔާބު ކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެ ލީޑް ނަގާފައި ވަނިކޮށް ބޫޓާނުން ވަނީ ފަހަތުން އަރައި ދެ ގޯލު ޖަހައި ކުރި ހޯދައިފައެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމެން އުޅެނިކޮށް ރާއްޖެއަށް ލިބުނު ހިލޭ ޖެހުމަކުން މުހައްމަދު އުމޭރު ގޯލެއް ޖަހާ މެޗޗުގެ ނަތީޖާ 2-2 އަށް ހަމަހަމަ ކުރިއެވެ.
މެޗުގެ ފުރަތަމަ ހާފަށް ވުރެ ދެ ވަނަ ހާފުގައި ރާއްޖޭގެ ފަރާތުން މޮޅުކުޅުމެއް ފެނުނު އެ މެޗުގެ ލީޑް އަނެއްކާވެސް ރާއްޖެއަށް ހޯދަދިނީ މެޗްގައި ހަތަރު ލަނޑު ޖެހި ކެޕްޓަން ދަނގަޑޭ އެވެ.
ގްރޫޕްގެ ފުރަތަމަ މެޗުގައި ލަންކާ ކޮޅަށް ވެސް ދަނގަޑޭ ވަނީ ދެ ހެޓްރިކް ހަދައިފައެވެ. މުބާރާތުގައި ދަނގަޑޭ ޖެހި ގޯލުގެ އަދަދު މިހާރު ވަނީ 10 އަށް އަރާފައެވެ.
މިއަދުގެ މެޗުގައި ބޫޓާން ކޮޅަށް ރާއްޖެއިން ޖެހި އަނެއް ދެލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފުގައި ރާއްޖެއަށް ލީޑް ނަގައިދިން ކުޅުންތެރިޔާ ސެންޓޭ އާއި ދެ ވަނަ ހާފުގައި ކުޅެން ނިކުތް އަލީ އުމަރެވެ.
މިއަދު މޮޅާއެކު ގްރޫޕް ބީގައި ރާއްޖެ އޮތީ ހަ ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނަ މަގާމް ގައެވެ. ދެ ވަނާގައި އަފްގާނިސްތާން އޮތީ ވެސް ހަ ޕޮއިންޓާއެކުގަ އެވެ. ނަމަވެސް ގޯލުގެ ތަފާތުން ކުރި ލިބެނީ ރާއްޖެ އަށެވެ. މިހެންވެ ގްރޫޕުގެ ކުރި ލިބޭނެ ޓީމެއް ޔަގީންވާނީ މި ދެ ގައުމު އަންނަ ހުކުރު ދުވަހުރާއްޖެ ގަޑިން 2:45 ގައި ކުލޭ މެޗަށްފަހު އެވެ.
ގްރޫޕް ބީގެ ފަހު މެޗުގައި ބައްދަލުކުރާނީ ލަންކާ އާއި ބޫޓާނެވެ. އެ މެޗް ކުޅޭނީ ހުކުރު ދުވަހު ރާއްޖެ ގަޑިން 5:45 ގައެވެ. އެ މެޗަށް މިދެޓީމް ނިކުތް ކަމުގައި ވިޔަސް، އެ ދެޓީމް މިހާރު ވަނީ މުބާރާތުން ކަޓައިފައެވެ.