04 Sep 2013, 15:26
ށ. ފީވަކަކީ ދަނޑުވެރި ރަށެކެވެ. އެރަށުގައި ދަނޑުވެރިކަމަށް ރަނގަޅު ފެން ތިލަ، ޗަކަ ބިން ބޮޑުކޮށް އެބަ އޮތެވެ.
ފީވަކު ދަނޑުވެރިންނަށް މާ އަދަޔާ ހިލާފު ކަމެއް ކުރިން ފެނިފައި ނުވި ނަމަވެސް އެ ރަށު ވިލާޑިސޯސަން އަލީ ޚަލީލަށް މިހާރު ވަނީ އަޖައިބު ކަމެއް ފެނިފަ އެވެ. އެއީ ދަނޑުމަތީ އޮތް ކާށްޓަކުން ކުޑަ ރުކެއްގެ ބަދަލުގައި ނުކުމެފައިވާ އިހަލެކެވެ.
http://www.sun.mv/albums/l_19636.jpgފީވަކުން ފެނުނު ކާށި، ރުކަށް ވުރެ ކުރިން ބޮޑު އިހަލެއް ނުކުމެފައި-- ސަން ފޮޓޯ: ޒުބައިރު އަދުނާން
ރަނގަޅު އަދަދަކަށް ގޮބޮޅި ހުރި އިހަލެއް ފަޅާފައި ހުރި ކާށި ދަނޑުމަތިން ފުރަތަމަ ފެނުނީ ޚަލީލުގެ އެކުވެރި ޒުބައިރު އަދުނާށެވެ.
ޚަލީލު ބުނީ އޭނާގެ ދަނޑުން އެ ކާށި ފެނުނީ މީގެ ހަތަރު ދުވަސް ކުރިން ކަމަށެވެ. އެ ފެނުމުން އެއީ އަޖައިބު ކަމަކަށް ވާތީ ރަށު ކައުންސިލަށް އެކަމާ ބެހޭ މައުލޫމާތު ދީ، ކާށި ދައްކާފައި ވާނެ ކަމަށް އޭނާ ބުންޏެވެ.
"އެއީ އަޅުގަނޑު އިންދި ކާށްޓެއް ނޫން، ދެން ހަމަ ރުކަކުން ދަނޑު މައްޗަށް ވެއްޓިފައި އޮތް ކާށްޓެއް،" ގޮބޮޅި އިހަލެއް ހުރި ކާށްޓާ ބެހޭ ގޮތުން ސަން އާ ވާހަކަ ދައްކަމުން ދަނޑުގެ ވެރިޔާ އަލީ ޚަލީލު ބުންޏެވެ.
ޒުބައިރު ބުނީ ކާށިން އެގޮތަށް އިހާ ނުކުމެފައި ހުރިތަން ފެނުމުން އެއީ ވަރަށް އާދަޔާ ޚިލާފު ކަމަކަށް ވާތީ މިހާރު ކާށި ހިމާޔަތްކޮށްފައިވާ ކަމަށެވެ.
http://www.sun.mv/albums/l_19637.jpgފީވަކުން ފެނުނު ކާށި، ރުކަށް ވުރެ ކުރިން ބޮޑު އިހަލެއް ނުކުމެފައި-- ސަން ފޮޓޯ: ޒުބައިރު އަދުނާން
"މިހާރު ހުރީ ކާށީގެ ވަށައިގެން ކޮށިގަނޑެއް ޖަހައި ހިމާޔަތްކޮށްފައި، އަޅުގަނޑުމެން ދެތިން ހަތަރު މީހަކަށް ނޫނީ ކާއްޓެއް ނުއެއް ފެންނާނެ އަދިއެއް،" އޭނާ ބުންޏެވެ.
ހަލީލާއި ޒުބައިރުގެ އިތުރުން އެކާށި ދުށީ އެ ދެ މީހުންގެ އެކުވެރި މުހައްމަދު މުސްތަފާ އަށެވެ.
ކާށި ފެނުނުކަން އެގްރިކަލްޗާ މިނިސްޓްރީ އަށް އަންގައިފިންތޯ އެހުމުން ހަލީލު ބުނީ ނާންގާ ކަމަށެވެ. ނަމަވެސް ރަށު ކައުންސިލަށް އެކަން އަންގާފައި ވާނެ ކަމަށް އޭނާ ބުންޏެވެ.
"އޮފީހަށް އެންގިން. އެހެން ނަމަވެސް އެބޭފުޅުން މާ ބޮޑަކަށް އެކަމަށް ސަމާލުކަމެއް ނުދެއްވި،" އޭނާ ބުންޏެވެ.