04 Sep 2013, 15:00
ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކުގެ ތެރެއިން އެކަން ހުއްޓުމަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ކްލިނިކެއް މިއަންނަ މަހު ގާއިމު ކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެޗްޕީއޭ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު "ސަން"އަށް ވިދާޅުވީ މިއަދު ހުޅުވި ދަމަނަވެށި ސެންޓަރުގައި ހުޅުވުމަށް ނިންމާފައިވާ އެ ކްލިކުން ދުންފަތުގެ އިސްތިއުމާލު ކުރާ ފަރާތްތަކުގެ ތެރެއިން އެކިއެކި ސަބަބުތަކާ ހުރެ އެކަމުން ސަލާމަތް ވުމަށް ބޭނުންވާ ފަރާތަކަށް ފަރުވާލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން މިގާއިމްކުރާ ކްލިނިކުން ކައުންސިލިން ދިނުމާއި ބޭސް ދިނުން ފަދަ ދުންފަތުގެ އިސްތިއުމާލު ކުރުމުން ސަލާމަތްވުމަށް ބޭނުންވާ ފަރާތްތަކަށް ބޮޑެތި އެހީތެރިކަމެއް ލިބިގެންދާނެ،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ކްލިކުން ފަރުވާދޭނީ އެ މީހެއްގެ ހާލަތު ބެލުމަށް ފަހު އެ މީހަކަށް އެކަށީގެންވާ ގޮތަކަށް ކަމަށެވެ. އަދި އެފަރުވާ އަކީ ހިލޭދޭ ފަރުވާއެއް ކަމަށާއި އަދި އެކަމަށް ބޭނުންވާ ބޭސް ވެސް އާސަންދައިގެ ތެރެއިން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.