04 Sep 2013, 11:50
އަޑު ޕާކް ސަރަޙައްދުން މާރާމާރީ ހިންގުމަށް ބޭނުންކުރާ ޒާތުގެ އެއްޗެހިތަކަކާއެކު ހަތް މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ރޭ 7:45 ހާއިރު އަށު ޕާކުތެރޭ ބަހައްޓާފައި ހުއްޓާފެނިފައި ވަނީ މާރާމާރީ ހިންގުމަށް ބޭނުންކުރާ ޒާތުގެ ލަކުޑި ފަތިބުރިއާއި އެކި ސައިޒުގެ ހަ ވަޅި ކަމަށެވެ.
ފުލުހުން ބުނީ އެތަކެތި ފެނިފައިވަނީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެ ސަރަހައްދު ބަލާ ފާސްކުރި ކުރުމުގެ ތެރޭގައި ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 20 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތް މީހުން ވެސް ހައްޔަރު ކުރީ އަޑު ޕާކުތެރޭ ތިއްބައި ކަމަށެވެ.
އަޑު ޕާކު ސަރަހައްދުން މާރާމާރީ ހިންގުމަށް ބޭނުން ކުރާ އެއްޗެހި ތަކަކާއެކު ބަޔަކު ހައްޔަރުކޮށްފައިވާއިރު، އިއްޔެ ރޭ ވަނީ މާލޭ ގެއެއްގެ ދޮރުމަތީ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލަދީ ޒަޚަމްކޮށްލާފަ އެވެ.