03 Sep 2013, 22:03
ރިޔާސީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ނ. އަތޮޅުގައި ހަރަކާތްތެރިވާ ކުއިކް ރިއެކްޝަން ޓީމްގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.
ނ. މަނަދޫގައި މިއަދު ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި ރިޔާސީ އިންތިހާބު ކުރިއަށްދާ ދުވަހު ހިނގާފާނެ ކަން ކަމަށް ތައްޔާރުވެ އެފަދަ ހާލަތްތަކަށް ތައްޔާރުވެ ކުރެވިދާނެ ކަންތައްތަކާ ބެހޭ ގޮތުން މަޝްވާރާކޮށްފައިވެ އެވެ. މީގެ އިތުރުން ހާލަތު ގޯސްވެއްޖެ ނަމަ އަމަލު ކުރަމުންދާނެ ގޮތްތަކާއި ބެހޭ ގޮތުން މައުލޫމާތު ދީފައިވެ އެވެ.
މީގެ އިތުރުން ވެސް މި ތަމްރީން ޕްރޮގްރާމްގައި ރިޔާސީ އިންތިހާބު ކުރިއަށްދާ ދުވަހު ހިނގާފާނެ ކަމަކަށް ބިނާކޮށް ސިނާރިއޯތަކެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
މި ޓްރޭނިން ޕްރޮގްރާމްގައި ކުއިކް ރިއެކްޝަންޓް ޓީމްގެ ބައިވެރިންނަށް މައުލޫމާތު ދީފައި ވަނީ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގައި މަސައްކަތްކުރާ ފުލުހެކެވެ.