03 Sep 2013, 15:59
ރީފްސައިޑްއިން ރާއްޖޭގެ ބާޒާރަށް މުޅިން އަލަށް "4 ކޭ" ޓީވީ އެއް ނެރެފި އެވެ.
މިއަދު ރީފް ސައިޑްގެ ސޮނީ ފިހާރައިގައި އޮތް ހަފްލާގައި ލޯންޗް ކުރި އެ ޓިވީއަކީ ކުރިން ނެރެފައިވާ ފުލް އެޗްޑީ ޓިވީތަކަށް ވުރެ ހަތަރު ގުނަ ސާފުކޮށް މަންޒަރު ފެންނަ ޓީވީ އެއްކަމަށް ރީފް ސައިޑް އިން މައުލޫމާތު ދެއެވެ.
ފޯކޭ ޓީވީ ގެ ޑިސްޕްލޭ އަކީ "ޓްރައިލޫމިނޮސް" ޑިސްޕްލޭއެއް ހުންނަ ޓީވީ އެކެވެ. އެހެންވެ އެޓީވީ ކިތަންމެ ދުރުން ބެލިޔަސް ސާފު ކޮށް ފެންނާނެ ކަމަށް ރީފް ސައިޑުން ބުންޏެވެ. އަދި ބުނީ އެ ޓީވީގައި އަޑު އެހުމަށް ހުންނާނީ "މެގްނެޓިކް ފުލުއިޑް" ސްޕީކަރު ކަމަށެވެ. އަދި ބުނީ ސިނަމާ މޯޑްގައި ވެސް ޓީވީ ބޭނުން ކުރެވޭނެ ކަމަށެވެ.
ރާއްޖޭގެ ބާޒާރުގައި އެ ޓީވީ މިހާރު ވިއްކާނީ 82750 (އައްޑިހަ ދެހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާ އަށް ކަމަށް ރީފްސައިޑުން ބުންޏެވެ.
ރީފްސައިޑުން މާދަމާ ޓީވީގެ ޕްރޮމޯޝަން ފަށަން ވަނީ ހަމަޖެހިފަ އެވެ. އެ ޕްރޮމޯޝަންގައި ޓީވީ މިހާރަށް ވުރެ ހެޔޮ އަގުގައި ލިބެން ހުންނާނެ އެވެ. އެ ޕްރޮމޯޝަން ކުރިއަށް ދާނީ މާދަމާއިން ފެށިގެން އެއް މަސްދުވަހަށެވެ.