03 Sep 2013, 12:05
އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރާއްޖެ އިން ބޭރުގައި ވޯޓު ލުން ކުރިއަށްދާނެ ގަޑިތައް އިއުލާންކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައި އިން އިއުލާނެއްގައި ބުނެފައި ވަނީ އިންޑިޔާގެ ޓްރިވެންޑްރަމްގަ އާއި ނިއުދިއްލީގަ އާއި ސްރީލަންކާގެ ކޮލަމްބޯގައި ވޯޓުލާން ކުރިއަށް ދާނީ ހެނދުނު 8:00 ފެށިގެން ހަވީރު 4:30 ނިޔަލަށް ކަމަށެވެ.
އެ ގަޑުތަކަކީ އެ ގައުމުގެ ގަޑިތައް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
ލަންޑަނުގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓުލުން އޮންނާނީ އެ ދުވަހު ހެނދުނު 9:00 ފެށިގެން 05:30 އަށް ކަމަށާއި މެލޭޝިޔާގައާއި ސިންގަޕޫރުގައި ވޯޓުލުން ކުރިއަށް ދާނީ އެ ދުވަހުގެ ހެނދުނު 10:30 ފެށިގެން ރޭގަނޑު 7:00 އަށް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުންބުނެ އެވެ.
ރާއްޖޭގައި ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 7:30 އިން ފެށިގެން ހަވީރު 4:00 ނިޔަލަށެވެ.