އިސްލާމްއާބާދު (ސެޕްޓެމްބަރު 3): ޕާކިސްތާނުގެ ކުރީގެ ރައީސް ޖެނެރަލް ޕަރްވޭޒް މުޝައްރަފްގެ މައްޗަށް މީހަކު މެރުމުގެ އިތުރު ދައުވާއެއް ކޮށްފި އެވެ.

އެ މައްސަލައިގެ ދައުވާ މުޝައްރަފްގެ މައްޗަށް އުފުލާފައި ވަނީ 2007 ވަނަ އަހަރު އެގައުމުގެ ދީނީ ޢިލްމުވެރިއެއް ކަމަށްވާ އަބްދުއްރަޝީދު ގާޒީ އަވަރާކޮށްލުމުގައި މުޝައްރަފްގެ އަތެއްވާކަމަށް ތުހުމަތުކޮށް އޭނާގެ ޢާއިލާގެ ފަރާތުންނެވެ. މިކަން ސާބިތުވެއްޖެ ނަމަ މުޝައްރަފުގެ މައްޗަށް މަރުގެ ޙުކުމެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އަބްދުއްރަޝީދުގެ ޢާއިލާގެ ޤާނޫނީ ވަކީލު ވިދާޅުވި އެވެ.

މުޝައްރަފުގެ ވެރިކަމުގެ ފަހުކޮޅުގައި 2007 ވަނަ އަހަރު ކަރާޗީގެ ލާލް މިސްކިތް،ހަރުކަށި ޚިޔާލުގެ ދީނީ ޖަމާއަތެއްގެ ބަޔަކު ޙިސާރުކުރި މައްސަލައާ ގުޅިގެން މުޝައްރަފުގެ އަމުރަށް ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން އެމިސްކިތަށް ހަމަލާދީ 100 އަށް ވުރެ ގިނަ މީހުން މަރާލާފައިވެ އެވެ. ލާލް މިސްކިތަކީ ދީނީ ޢިލްމު ކިޔަވައިދޭ މަދްރަސާއެއްގެ މިސްކިތެވެ. މުޝައްރަފްގެ އަމުރަށް އަބްދުއްރަޝީދު ގާޒީ އަކީ ދީނީގޮތުން ހަރުކަށި ފަރާތްތައް ލާލް މިސްކިތް ޙިސާރުކުރި ކުރުމުގެ ފަހަތުގައި ހުންނެވި ފަރާތެއް ކަމަށްބަލައި ޕާކިސްތާނުގެ ސަލާމަތީ ބާރުތަކުން އޭނާ އަވަރާކޮށްލާފައި ވަނީ ލާލް މިސްކިތަށް ދިން ޙަމަލާތަކާ ވަކިން ސީދާ އޭނާ އަވަހާރަކޮށްލުމުގެ މަޤްސަދުގައި ކަމަށް ވަނީ ތުހުމަތުކުރެވިފަ އެވެ.

އަސްކަރީ އިންގިލާބަކުން 1999 ގައި ޕާކިސްތާނުގެ ވެރިކަން ވަޑައިގެންނެވި އެގައުމުގެ ސިފައިންގެ ކުރީގެ ވެރިޔާ ޖެނެރަލް ޕަރުވޭޒް މުޝައްރަފުގެ މައްޗަށް ވަނީ އިތުރު ދެމީހެއްގެ މަރުގެ ދައުވާވެސް އުފުލިފަ އެވެ. އެއީ ކުރީގެ ބޮޑުވަޒީރާ ބޭނަޒީރު ބުއްޓޫ އާއި ޕާލަމެންޓްގެ މެންބަރަކު މެރުމުގެ ދައުވާ އެވެ. 2008 ގައި ވެރިކަމުން އިސްތިއުފާ ދެއްވައި ގައުމުން ބޭރުގައި އުޅުއްވުމަށްފަހު ވަޑައިގަތީ މިއަހަރު ޕާކިސްތާނުގައި ބޭއްވި އާންމު އިންތިހާބުގައި ވާދަކުރެއްވުމަށެވެ. ނަމަވެސް މުޝައްރަފަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރްސަތު ނުލިބި އޭނާވަނީ ކޯޓު އަމުރުގެ ދަށުން ދިގުމުއްދަތަކަށް ގޭގައި ބަންދުކުރެވިފައެވެ. (ނޫސްއެޖެންސީތައް)