21 Mar 2010, 12:56
14:30
އޭއެފްސީ ކަޕުގައި އަންނަ އަންގާރަ ދުވަހު ތައިލެންޑުގެ މުއޮންގް ތޮންގާއާ ދެކޮޅަށް ކުޅުމަށް ވީބީ ސްޕޯޓްސް ކްލަބު ބެންކޮކަށް ފުރައިފި އެވެ.
އޭއެފްސީ ކަޕުގައި ނިއުރޭޑިއަންޓް ހޯދި ކާމިޔާބީއަށްވުރެ ބޮޑު ކާމިޔާބެއް ހޯދަން ބޭނުންވާ ކަމަށް ބުނެ މިފަހަރުގެ އޭއެފްސީ ކަޕާ ކުރިމަތިލި ވީބީ މިމެޗުން މޮޅުވެއްޖެނަމަ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އެޓީމަށް ވަރަށް ބޮޑަށް ހުޅުވިގެންދާނެ އެވެ.
މި އަހަރުގެ އޭއެފްސީ ކަޕުގައި ވީބީ މިހާތަނަށް ކުޅުނު ދެ މެޗު ކާމިޔާބުކޮށްފައިވާއިރު ގްރޫޕްގެ ކުރީގައިވެސް އޮތީ ވީބީ އެވެ. ގްރޫޕް ސްޓޭޖުގައި މުއޮންގް ތަންގާ މިހާތަނަށް އެއްމެޗު ކުޅެފައިވާއިރު އެމެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އޭއެފްސީ ކަޕުގައި ރާއްޖޭގެ ވިކްޓަރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުމަށް މެލޭޝިޔާގެ ސެލަންގާ މިރޭ މާލެ އައުމަށް ވަނީ ހަމަޖެހިފަ އެވެ. ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ހޯދުމަށްޓަކައި ސެލަންގޯ އަތުން ވިކްޓްރީއަށް ވަނީ މޮޅުވާން މަޖުބޫރުވެފަ އެވެ. މި ގްރޫޕުން ވިކްޓަރީއާ ސެލަންގޯއަށް ވެސް ލިބިފައިވަނީ އެއް ޕޮއިންޓެވެ. އެހެން ނަމަވެސް ލަނޑުގެ ތަފާތުން ވިކްޓަރީ އޮތީ ތިންވަނައިގަ އެވެ. ސެލަންގޯ އޮތީ ގްރޫޕް ފުލުގަ އެވެ.