Last Updated:
1 decade 2 year ago

ދަގަނޑޭގެ ދެ ހެޓްރިކާއެކު ލަންކާ ކޮޅަށް ލަނޑު ގޯންޏެއް!

  • ރާއްޖެ 10 ސްރީލަންކާ 0
ބުލޮގު ޚުލާސާ
ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގެ ދަސަރަތު ސްޓޭޑިއަމްގައި ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗު.
ދެ ޓީމުގެ ގައުމީ ސަލާމަށްފަހު މެޗު ކުޑައިރުކޮޅެއްގެ ތެރޭގައި ފަށާނެ.

ލަންކާއާ ދެކޮޅަށް ނެރޭނެ ރާއްޖޭގެ ފުރަތަމަ 11 ކުޅުންތެރިން.

މުހައްމަދު ޝިފާން،
މުހައްމަދު އާރިފް (ބަކާ)
އަލީ އަޝްފާގް (ދަނގަޑޭ)
އައްސަދުﷲ އަބްދުﷲ
އަލީ ފާސިރު (ސެންޓޭ)
އަހުމަދު ރަޝީދު
އަކުރަމް އަބްދުލް ޤަނީ (އަކޫ)
ޝާފިއު އަހުމަދު
މުހައްމަދު ރަޝީދު (ހޮކޭ)
މުހައްމަދު އުމައިރު
ގޯލްކީޕަރު އިމްރާން މުހައްމަދު

ލަންކާއާ ދެކޮޅަށް ރާއްޖެ ނިކުންނައިރު މި މުބާރާތުގެ ތަށި އެންމެ ފުރަތަމަ ރާއްޖެ ހޯދީ ސެމީފައިނަލުގައި ލަންކާ ބަލިކޮށް، އިންޑިއާގެ މައްޗަށް 2008 އަހަރު ކުރި ހޯދައިގެން.
ރާއްޖެއާ ލަންކާ އެންމެ ފަހުން ވާދަކޮށްފައި ވަނީ، ބަންގުލަދޭޝްގައި 2009 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގަ. އެފަހަރު ރާއްޖެ ވަނީ 5-1 އިން ލަންކާ ބަލިކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފަ.

ސާކް ސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި މި ދެޓީމު ވާދަ ކުރި މެޗުތަކަށް ބަލާއިރު ރާއްޖެ ވަނީ އެމުބާރާތުގައި ލަންކާއާ ދެކޮޅަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފަ. އަނެއް މެޗު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމް އެއްވަރު ވެގެން.

މީގެ 16 އަހަރު ކުރިން ނޭޕާލްގެ ދަސަރަތު ސްޓޭޑިއަމްގައި ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅުނު ފުރަތަމަ ސާފް ޗެމްޕިއަންޝިޕްގެ ސެމީފައިނަލްގައި އޭރު ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ޓީމުކަމަށްވާ ލަންކާ 2-1 އިން ބަލިކޮށް ރާއްޖެ ވަނީ އެފަހަރު މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފަ.

http://www.youtube.com/watch?&v=9qo0rihFbwQ

21:03ކަތަމަންޑޫ، ދަސަރަތު ސްޓޭޑިއަމުން

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި އަވަށްޓެރި ސްރީލަންކާ 10-0 ލަނޑުން ބަލިކޮށް ރާއްޖެ ތާރީހީ ކާމިޔާބީއެއް ހޯދައިފި އެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ދަސަރަތު ސްޓޭޑިއަމްގައި ރާއްޖެގަޑިން މިއަދު ހަވީރު 5:45 ގައި ކުޅުނު އެމެޗުގެ ފުރަތަމަ ލަނޑު މެޗުގެ ފަސް ވަނަ މިނެޓުގައި ކާމިޔާބު ކޮށް ދިނީ އައްސަދުﷲ އަބްދުﷲއެވެ. ލަންކާ ކޮޅަށް ރާއްޖެއިން ޖެހި ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ) އެވެ. އޭނާ ވަނީ މިއަދުގެ މެޗުގައި ޖުމްލަ ހަ ގޯލް ޖަހާ، ދެ ހެޓްރިކް ހަދައިފަ އެވެ. ދެން ގައުމީ ޓީމަށް ލަނޑުތައް ޖަހައި ދިން ކުޅުންތެރިންނަކީ ދެ ވަނަ ހާފުގައި ކުޅެން ނުކުތް ހަސަން އަދުހަމް (ސަޑޭ) އާއި ހަމަ ދެ ވަނަ ހާފުގައި ކުޅެން ނިކުތް އަލީ އުމަރު އަދި އަލީ ފާސިރު ސެންޓޭ އެވެ.

މިއަދުގެ މެޗުގައި ރާއްޖޭގެ ކެޕްޓަން ދަނގަޑޭ ހެދި ދެ ހެޓްރިކާއެކު އޭނަ ވެފައި ވަނީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މި ވީހާތަނަށް ދެ ހެޓްރިކް ހެދި ހަމައެކަނި ކުޅުންތެރިއާއަށެވެ. އަދި މިއަދު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވެސް ހޮވުނީ ދަނގަޑޭ އެވެ.

މިއަދުގެ މެޗުން ރާއްޖެއަށް ލިބުނު މޮޅާއެކު، އެ މޮޅުވެފައި ވަނީ ވާދަވެރި ލަންކާއާ ދެކޮޅަށް ގައުމީ ޓީމުން މިހާތަނަށް ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.

މިއަދުގެ މެޗަށްފަހު ސަރަހައްދީ ގައުމުތަކުގެ ކުޅިވަރު ނޫސްތަކުގައި ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގު (ދަނގަޑޭ)އަށް ތައުރީފުކޮށް، މިއަދު ލިބުނު ހުރިހާ ވެސް މޮޅަކީ ދަނގަދޭ ޓީމުގައި ހުރުމުން ލިބުނު ކާމިޔާބީއެއް ކަމަށް ބުނެފައިވެ އެވެ.

ލަންކާއާ ދެކޮޅަށް ރާއްޖޭއިން މިއަދު ނިކުތް ފުރަތަމަ 11 ކުޅުންތެރިން.

މުހައްމަދު ޝިފާން،
މުހައްމަދު އާރިފް (ބަކާ)
އަލީ އަޝްފާގް (ދަނގަޑޭ)
އައްސަދުﷲ އަބްދުﷲ
އަލީ ފާސިރު (ސެންޓޭ)
އަހުމަދު ރަޝީދު
އަކުރަމް އަބްދުލް ޤަނީ (އަކޫ)
ޝާފިއު އަހުމަދު
މުހައްމަދު ރަޝީދު (ހޮކޭ)
މުހައްމަދު އުމައިރު
ގޯލްކީޕަރު އިމްރާން މުހައްމަދު

ލަންކާއާ ދެކޮޅަށް ރާއްޖެ މިއަދު ނުކުތްއިރު މި މުބާރާތުގެ ތަށި އެންމެ ފުރަތަމަ ރާއްޖެ ހޯދީ ސެމީފައިނަލުގައި ލަންކާ ބަލިކޮށް، އިންޑިއާގެ މައްޗަށް 1-0 ލަނޑުން ކުރި ހޯދައިގެންނެވެ. އެއީ 2008 އަހަރު އެވެ. ރާއްޖެއާ ލަންކާ އެންމެ ފަހުން ވާދަކޮށްފައި ވަނީ، ބަންގުލަދޭޝްގައި 2009 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައެވެ. އެފަހަރު ރާއްޖެ ވަނީ 5-1 އިން ލަންކާ ބަލިކޮށް މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ.

ސާކް ސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި މީގެ ކުރިން މި ދެޓީމު ވާދަ ކުރި މެޗުތަކަށް ބަލާއިރު ރާއްޖެ ވަނީ އެމުބާރާތުގައި ލަންކާއާ ދެކޮޅަށް ކުޅުނު ފަސް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފައެވެ. އަނެއް މެޗު ނިމުނީ ލަނޑެއް ނުޖެހި ދެ ޓީމް އެއްވަރު ވެގެނެވެ.

މީގެ 16 އަހަރު ކުރިން ނޭޕާލްގެ ދަސަރަތު ސްޓޭޑިއަމްގައި ލަންކާއާ ދެކޮޅަށް ރާއްޖެ ކުޅުނު ފުރަތަމަ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި އޭރު ސަރަހައްދުގެ އެންމެ ވަރުގަދަ އެއް ޓީމުކަމަށްވާ ލަންކާ 2-1 އިން ބަލިކޮށް ރާއްޖެ ވަނީ އެ ފަހަރު މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފަ އެވެ.

މިއަދުގެ މޮޅާއެކު ގްރޫޕް ބީގެ އެއް ވަނަ މަގާމް އޮތް ދިވެހިރާއްޖެ، ދެން ގްރޫޕްގައި މެޗެއް ކުޅޭނީ އަންނަ ބުދަ ދުވަހު ބޫޓާނާ ދެކޮޅާށެވެ.

19:37
19:36

މެޗް ނިމިއްޖެ. މެޗް ނިމުނުއިރު ނަތީޖާ އަކީ ރާއްޖެ 10 ސްރީލަންކާ 0
19:34

ގޯލްކީޕަރު ކާރިން ނައްޓާފައި ހަތް ވަނަ ލަނޑު ޖަހަން އަޝްފާގަށް ލިބުނު ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކާރިން. މިހާރު ކުރިއަށް ދަނީ މެޗުގެ އިތުރު ވަގުތުގެ ދެ މިނެޓުގެ ކުޅުން.
19:32

މެޗުގެ އެންމެ ފަހު މިނެޓުގެ ކުޅުން މިހާރު ކުރިއަށްދަނީ. ނަތީޖާއަކީ ރާއްޖެ 10 ސްރީލަންކާ 0
19:32

އަޝްފާގް ވަނީ މިމެޗުގައި ދެ ހެޓްރިކް ހަދައިފައި
19:30

އަނެއްކާވެސް ރާއްޖެ ލަނޑު ޖަހާފި. މިފަހަރު ރާއްޖެ އަށް ކާމިޔާބު ކޮށްދިނީ އަލީ އަޝްފާގް. އޭނަ ވަނީ މިމެޗުގައި ޖުމްލަ ހަ ލަނޑު ޖަހައިފަ.
19:30

ރާއްޖޭގެ ނުވަ ވަނަ ލަނޑު އަލީ އުމަރު ޖަހައިފި.
19:29

ރާއްޖެއަށް އަށް ވަނަ ލަނޑު ޖަހައިދިނީ އަލީ ފާސިރު (ސެންޓޭ)
19:24

ރާއްޖެ ލަނޑު ޖަހައިފި
19:23

އަޝްފާގް ލަންކާގެ ޕެނަލްޓީ އެރިޔާތެރެއަށް ވަދެފަ. ހުރަސްކޮށްލި ބޯޅަ ލަންކާ ކުޅުންތެރިއަކު ކޯނަރަކަށް ބޭރު ކޮށްލައިފި.
19:22

މެޗުގެ ދެވަނަ ހާފުގައި އުމައިރަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިފައިވާކަން ފާހަގަ ކޮށްލެވޭ. މިއަދު މެޗުގައި އެންމެ ޕްރެސާ ކުޑަ ކުޅުންތެރިއެއްގެ ގޮތުގައި އަދި ފާހަގަ ކުރެވެނީ ރާއްޖެ ޓީމިގެ ގޯލްކީޕަރު އިމްރާން މުހައްމަދު
19:20

އުމައިރު ލަންކާގެ ގޯލަށް ފޮނުވާލި ބޯޅަ ބާރު ބޯޅަ އެދިޔައީ ގޯލުގެ އެއް އަރިމަތިން ބޭރަށް.
19:20

ރާއްޖޭގެ ހަތް ވަނަ ގޯލް މިކާމިޔާބު ކޮށްދިނީ އަޝްފާގް ދިން ޕާހަކުން ދެ ވަނަ ހާފުގައި ކުޅެން ނިކުތް އަދުހަމް.
19:17

ރާއްޖެ ލަނޑު ޖަހައިފި.
19:16

އަޝްފާގް ލަންކާގެ ކުޅުންތެރިން ކާރީން ވަރަށް ފަށޭހައިން ނައްޓާލުމަށްފަހު ލަންކާގެ ގޯލަށް އަމާޒް ކޮށްލި ހަމަލާ އެދިޔައީ ގޯލުގެ އެއް އަރިމަތިން ބޭރަށް. ރާއްޖެއަށް ކޯނަރެއްލިބިއްޖެ . ކޯނަރު ނަގަނީ އަޝްފާގް.
19:15

ލަންކާއަށް ކޯނަރެއް ލިބިއްޖެ.
19:13

އަލީ އުމަރަށް ގޯލުޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭގާރުވެގެން ހިގައްޖެ. ދަނގަދޭ ދިން ޕާހަކުން އަލީ އުމަރު ފޮނުވާލި ބޯޅަ ދިޔައީ ލަންކާގެ ގޯލުގެ އެއްއަރިމަތިން ބޭރަށް
19:12

މިއީ ނިއާޒް ގައުމީ ޓީމަށް ކުޅޭ ފުރަތަމަ މެޗް.
19:12

ރާއްޖެއިން ބަދަލެއްގެނެސްފި. ބަކާ ބޭލުމަށްފަހު ކުޅެން އެރީ އަހުމަދު ނިއާޒް.
19:11

އުމައިރު ކުރި ފައުލަކާ ގުޅިގެން ލަންކާއަށް ހިލޭޖެހުމެއް.
19:08

ލަންކާއިން ރާއްޖެ ކޮޅަށް ދެންމެ ފޮނުވާލި ހަމަލަ، ދިޔައީ ގޯލުގެ އެއްއަރިމަތިން ބޭރަށް.
19:07

އަލީ އުމަރު ވަރަށް ބަލާލައިފަ އުމައިރަށް ފޮނުވާލި ބޯޅަ އެދިޔައީ ބޭރަށް.
19:06

ފުރަތަމަ ހާފަ ހިލާފަށް ދެވަނަ ހާފުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދަނީ ވަރަށް ހަމަޖެހިލައިގެން ކުޅެމުންދާތަން. ރާއްޖޭގެ ކުޅުންތެރިން ދެވަނަ ހާފުގައި ވެސް ގިނައިރު ބޯޅަ ހިފަހައްޓާގެން އެބަ ކުޅޭ
19:05

ލަންކާ ކުޅުންތެރިއަކު ފައުލްކުރުމާ ގުޅިގެން ރާއްޖެއަށް ހިލޭ ޖެހުމެއް ލިބިއްޖެ. ހިލޭ ޖެހުން ފޮނުވާލަނީ ބަކާ.
19:04

ލަންކާއިން ދެންމެ ރާއްޖެ ކޮޅަށް ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށް . މިއީ ދެ ވަނަ ހާފުގައި އަދި ލަންކާއަށް ފޮނުވާލެވުނު ހަމައެކަނި ހަމަލާ
19:02

ރާއްޖޭގެ ކުޅުންތެރިއަކު އަނެއްކާވެސް އޮފްސައިޑް ވެއްޖެ.
19:02

އަނެއްކާވެސް ދަނގަޑޭ ލަނޑު ޖަހައިފި. މިއީ ދަނގަޑޭ މިމެޗުގައި ޖެހި ފަސް ވަނަ ލަނޑު
19:01

ރާއްޖެއިން ބަދަލެއް ގެނެސްފި. ފޭބީ އަހުމަދު ރަޝީދު، ކުޅެން އެރީ އަދުހަމް.
19:00

އުމައިރު ދެންމެ ހުރަސްކޮށްލި ބޯޅަ ހަމަކިރިޔާ ގޯލަށް ނުވަދެ. ގޯލް ކުރިމަތިން އެދިޔާއި ބޭރަށް..
18:59

ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ތަފާތު މޮޅުކުޅުމެއް ދެ ވަނަ ހާފުގައި ދައްކަމުން އަންނަކަން ފާހަގަ ކޮށްލެވޭ..
18:58

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ވެސް މިހާރު އޮތީ އަޝްފާގުގެ އަތުގައި.
18:58

އަނެއްކާވެސް އަޝްފާގް ލަނޑު ޖަހައިފި.
18:56

މިމުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑް މިހާރު އޮތީ ރާއްޖޭގެ ފޯވާޑް އަޝްފާގް އަތުގައި. އޭނާ ހެޓްރިކް ހެދި ލަނޑު މިޖެހީ ގޯލްކީޕަރު ކާރިން ވަރަށް ފަށޭހަން ނައްޓާއިފަ..
18:56
18:56

އަޝްފާގް ލަނޑު ޖަހައިފި. އޭނާ މިމެޗުގައި ހެޓްރިކް ހެދީ...
18:54

ރާއްޖޭގެ ފޯވާޑް ދަނގަޑޭ އަތުން ބޯޅަ ހޯދަން ލަންކާގެ ދެކުޅުންތެރިން މަސައްކަތް ކުރަނީ. ދަނގަޑޭއަށް އެހީވުމަށް ކާރީގައި އަލީ އުމަރު އެބައާދޭ. އެހެން ނަމަވެސް ލަންކާ ކުޅުންތެރިން އެބޯޅަ އަތުލައިފި.
18:53

ލަންކާ ކުޅުންތެރިން ދެންމެ ފޮނުވާލި ބޯޅަ ރާއްޖޭގެ ކީޕަރު އިމްރާން ވަރަށް ހަމަޖެހިލާފައި ދިފާއުކޮށްފި. ލަންކާއިން ދެންމެ ފޮނުވާލި ހަމަލާއަކީ ބާކަ ބާރު ހަމަލައެއް ނޫން.
18:52

އަނެއްކާވެސް ރާއްޖެ ކުޅުންތެރިއަކު އޮފްސައިޑް ވެއްޖެ. މިފަހަރު އޮފްސައިޑުވީ އުމައިރު
18:52

އަލީ އުމަރުގެ ފުރަތަމަ ހަމަލާ. އެހަމަލާ ދިޔައީ ލަންކާގެ ގޯލް ކައިރިން ބޭރަށް.
18:51

އަލީ އުމަރު ދެވަނަ ހާފުގައި ކުޅެން ނިކުތީ އައްސަދުﷲ އަބްދުﷲގެ ބަދަޅުގައި. އައްސަދުﷲ އަކީ މިމެޗުގެ ފުރަތަމަ ލަނޑު ރާއްޖެއަށް ކާމިޔާބު ކޮށްދިން ކުޅުންތެރިޔާ.
18:50

ދެވަނަ ހާފުގެ ކުޅުން ފެށުމަށްޓަކައި ބޯޅަ ކާރީގައި ދަނގަޑޭ އާއި އަލީ އުމަރު ބޯޅަ ކާރީ މަޑު ކޮށްލައިގެން. ދެ ވަނަ ހާފުގެ ކުޅުން ފަށައިފި
18:48

ލަންކާއިން ބަދަލެއް ގެނެސްފި.
18:47

ދެވަނަ ހާފުގެ ކުޅުން ފެށުމުގެ ކުރިން، ދެޓީމުގެ ކުޅުންތެރިން ވެސް މިވަގުތު ތިބީ ދަނޑު މަތީގައި. ދެ ވަނަ ހާފް ފަށާނީ ރާއްޖެއިން
18:46
18:35
18:35

ފުރަތަމަ ހާފުގެ ކުޅުން ނިމިއްޖެ. ތިން ގޯލުގެ ލީޑަކާއެކު އަދި ކުރީގައި އޮތީ ރާއްޖެ
18:33

މެޗުގެ ފުރަތަމަ ހާފުގެ އިތުރު މިނެޓުގެ ދެމިނެޓުގެ ކުޅުން މިހާރު ކުރިއަށް ދަނީ
18:32

ރާއްޖެއަށް ލިބުނު ދެ ވަނަ ޕެނަލްޓީ އަޝްފާގް ކާމިޔާބު ކޮށްފި
18:30

ލަންކާ ކުޅުންތެރިއަކަށް ރީދޫ ކާޑެއް ދައްކަފި. އޭނާއަށް ރީދޫ ކާޑު ދެއްކީ އަޝްފާގަށް ފައުލް ކުރުމާގުޅިގެން އަނެއްކާވެސް ރާއްޖެއަށް ޕެނަލްޓީއެއް ލިބިއްޖެ
18:27

ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ގިނަ އޮފްސައިޑްތަކެއް ވާކަން ފާހަގަ ކުރެވޭ.
18:26

ރާއްޖޭގެ ފޯވާޑް އަޝްފާގް ދެންމެ ވަރަށް ބާރު ބޯޅައެއް ލަންކާގެ ގޯލަށް ފޮނުވާލައިފި. އެކމަކު އެބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށް.
18:24
18:24

ރާއްޖޭގެ ކުޅުނެތެރިން ގިނައިރު ބޯޅަ ހިފަހައްޓާގެން ކުޅެނީ. އަކުރަމް އަތުން ބޯޅަ ހޯދަން ލަންކާގެ ކުޅުންތެރިން މަސައްކަތް ކުރަން. އަކޫ ބޯޅަ ފަހަތަށް ޖައްސާލައިފި. ކީޕަރު އިމްރާން ވަރަށް ހަމަޖެހިލައިފަ ބޯޅަ ކުރިއަށް ފޮނުވާލައިފި..
18:22

ލަންކާ ގޯލަށް ރާއްޖޭގެ މުހައްމދު ރަޝީދު ދެންމެ ފޮނުވާލި ބޯޅަ ލަންކާ ކީޕަރު ދިފާއު ކޮށްފި..
18:20

ރާއްޖޭގެ ހާފްތެރެއިން ސިފާން ޖައްސާލި ބޯޅަ ސާފިއުއަށް ، ސާފިއު ފޮނުވާލި ބޯޅަ އާރިފަށް. ރާއްޖޭގެ ކުޅުންތެރިއަކު އޮފްސައިޑުވެއްޖެ. މެޗުގެ މިހާތަނަށް އާއިރު ރާއްޖެ ފަސް އޮފްސައިޑް ވަނީ ވެފަ..
18:18

ދަނގަޑޭ ފޮނުވާލީ ބޯޅަ ބޭރަށް.
18:13

މެޗުގެ 30 މިނެޓުގެ ކުޅުން ނިމިއްޖެ ކުރީގައި އަދި އޮތީ ރާއްޖެ
18:11

ލަންކާއަށް އެއްލުމެއް. ރާއްޖެ ހާފްތެރެއިން. އެއްލި ބޯޅާ ރާއްޖޭގެ ކުޅުންތެރިން އަތުލައިފަ. ބޯލަހިފައިގެން ކުރިއަށްދަނީ މިހާރު ބޯޅަ އޮތީ ލަންކާ ހާފުގެ ތެރޭގައި.
18:10

ރާއްޖޭގެ ކުޅުންތެރިން ވަރަށް ހަމޖެހިލައިގެން ޕާސިން ގޭމެއް ކުޅެމުން ދަނީ. ރާއްޖެއިން ފޮނުވާލި ހަމަލާ ލަންކާ ކީޕަރު ދިފާއުކޮށްފި. އެހަމަލާއަކީ މާކަ ނުރައްކާ ހަމަލައެއް ނޫން
18:09

މެޗުގެ ކުރީ ކޮޅު ރާއްޖެއަށް ދެ ގޯލުގެ ލީޑެއް ލިބުމުން، އިދިކޮޅު ޓީމުގެ ޕްރެސާ އިތުރުވެއްޖެ. ލަންކާ ކުޅެމުން ދަނީ އެއް ކުޅުންތެރިއަކު މަދުކޮށް.
18:08

ޕެނަލްޓީ ކާމިޔާބުކޮށް ރާއްޖެ ދެ ވަނަ ލަނޑު ޖަހައިފި.
18:07

ލަންކާ ކީޕަރު އިމްރާނަށް ރަތްކާޑު ދެއްކުމުން ބަދަލުގައި މިހާރު ކުޅެން ނިކުތީ ދަށުން...މިހާރު ލަންކާގެ ޓީމުގައި ތިބީ ޖުމްލަ 10 ކުޅުންތެރިން. ރާއްޖޭގެ ޕެނަލްޓީ ޖަހަނީ ދަނގަޑޭ.
18:06

ލަންކާ ކީޕަރަށް ރަތް ކާޑު ދައްކާ، ރައްޖެއަށް ޕެނަލްޓީއެއް. ލަންކާ ކީޕަރަށް ރަތްކާޑު ދެއްކީ ރާއްޖޭގެ ހުނަރުވެރި ފޯވާޑް ބޯޅަހިފައިގެން ޕެނަލްޓީ އެޜިޔާ ތެރެަށް ވަންނަނަ އުލެނިޮށް ކުރި ފައުލަކާ ގުޅިގެން.
18:04

މެޗުގެ ފުރަތަމަ ރީދޫ ކާޑު ލަންކާ ކުޅުންތެރިއަކަށް ދައްކައިފި. އޭނާއަށް ރަތްކާޑު ދެއްކީ ރާއްޖޭގެ ފޯވާޑް ދަނގަޑޭއަށް ފައުލް ކުރުމުން. ރާއްޖެއަށް ލިބުނު ހިލޭ ޖެހުން ފޮނުވާލީ އުމައިރު. އުމައިރު ފޮނުވާލި ބޯޅަ ލަންކާ ކުޅުންތެރިން ދިފާއު ކޮށްފި
18:03

ލަންކާއިން ބަދަލެއް ގެނެސްފި.
18:02

ލަންކާގެ ކުޅުންތެރިން ދެއްމެ ފޮނުވާލި ބޯޅައެއް އިމްރާން ވަރަށް ހަމަޖެހިލައިފަ ދިފާއުކޮށް، ކުރިއަށް ފޮނުވާލައިފ.

18:00

މެޗުގައި ލަންކާގެ ފަރާތުން މާއެދެވޭ ކުޅުމެއް ފެންނަ ކަމަށްއަދި ނުފެނެ. ލަންކާ ކުޅުންތެރިއަކަށް އަނިޔާވެއްޖެ. އަނިޔާވީ ލަންކާގެ މުހިންމު ކުޅުންތެރުޔާ ޗަތުރައަށް. އޭނާއަށް މިހާރު ދަނޑު މަތީގައި ފަރުވާދެނީ. މިހާރު އޭނާ ދަނޑު ބާލަނީ
17:59

މެޗުގެ ފުރަތަމ،ަ ކޯނަރު ލަންކާއަށް. ކޯނަރު ނަގަނީ ޗަތުރަ.
17:58

ރާއްޖެއަށް ޑިފެންސް އިމްރާން ފޮނުވާލަނީ. އިމްރާން ފޮނުވާލި ބޯޅަ މެދުރަގު ހުރަސްކޮސް ލަންކާގެ އޭރިޔާ ތެރެއަށް ވެއްޓިއްޖެ. އެބޯޅަ ލަނކާގެ ކުޅުންތެރިޔާ ފޮނުވާލީ ބޭރަށް. ރާއްޖެއަށްއެއްލުމެއް.
17:56

ރާއްޖޭގެ ކުޅުންތެރިން ލަންކާގެ ހާފްތެރޭގައި ގިނަ އިރު ބޯޅަ ހިފައްޓާގެން ކުޅެވޭތޯ ބަލަނީ. އަޝފާގް އަތުން ބޯޅަ ހޯދުމަށް ލަންކާގެ ދެކުޅުނތެރިއަކު މަސައްކަތް ކުރާއިރު އަޝްފާގަށް އެހީވުމަށް ބަކާ ކާރީގައި ހަރަކާތެރި ވަނީ..
17:56

މިއަދުގެ މޫސުމަށް ބަލާލާއިރު ފިނިހޫނުމުން ހުރީ 23 ޑިގްރީގައި..
17:54

ޗަތުރަ ފޮނުވާލި ބޯޅަ މާއެދެވޭގޮތެއްނުވި. އެބޯޅަ ދިޔައީ ލަންކާ ކުޅުންތެރިއެއްގެ އަތުން ބޭރަށް . ރާއްޖެއަށް ލިބިފައި އޮތް ޑިފެންސް މިހާރު ކުރިއަށް ފޮނުވާލަނީ ގޯލްކީޕަރު އިމްރާން.
17:53

ލަންކާއަށް ހިލޭ ޖެހުމެއް ރާއްޖޭގެ ހާފްތރެއިން. އެޖެހުން ފޮނުވާލަނީ ލަންކާގެ މުހިންމު ކުޅުންތެރިޔާ ޗަތުރަ.
17:52

ރާއްޖެއަށް ލަނޑު ޖަހައި ދިނީ އައްސަދުﷲ އަބްދުއްﷲ. މިއީ މިމުބާރާތުގެ އެންމެ އަވަސް ލަނޑު.
17:51

ރާއްޖެ ލަނޑު ޖަހައިފި
17:50

ލަންކާއަށްއެއްލުމެއް. ލަންކާ ޓީމަށް ބަލާއިރު ޒުވާން ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ތިބި ކަން ފަހަގަ ކޮށްލެވޭ.
17:49

ރާއްޖެއަށް އެލުމެއް. އެއްލީ ޝާފިހު
17:48

ރާއްޖެޓީމުގެ އަހުމަދު ރަޝީދު އަތުން ބޯޅަ ހޯދުމަށް ލަންކާގެ ކުޅުންތެރިއަކު މަސައްކަތް ކުރަނީ..
17:48

މެޗް ފަށައިފި މެޗް ފެށީ ލަންކާއިން
17:45

މެޗު ބެލުމަށްޓަކައި ނޭޕާލްގައި ކިޔަވާ ދިވެހި ސަޕޯޓަރުންވެސް އެބަތިބި.

17:43

ދެޓީމުގެ ކެޕްޓަނުން މިހާރު ދަނޑު މަތީގައި ވާހަކަ ދައްކާލަނީ. ދެޓީމް ވެސް މިހާރު ފޮޓޯއަކަށްއެތުރިލާގެން
17:42

ރާއްޖޭގެ ގައުމީ ސަލާމަށް ފހު މިހާރު ކުރިއަށް ދަނީ ލަންކާގެ ގައުމީ ސަލާން
17:41
17:40

ސްރީލަންކާގެ ޓީމުގެ ކުޅުންތެރިންނަށް ބަލާލާއިރު އަބަދުވެސް ސްރީލަންކާ ޓީމުގެ ބިރެއްގެ ގޮތުގައި ފާހަގަ ކުރާ ޗަރުތަ މިފަހަރުގެ ޓީމުގައިވެސް ހިމެނޭ. ލަންކާ ޓީމުގެ މެދު ތެރެ ބެލެހެއްޓުމުގައި އިސް ދައުރެއް އަދާ ކުރަމުންދާ 31 އަހަރުގެ ޗަތުރަ މިހާތަނަށްވަނީ ގައުމީ ޓީމަށް 34 މެޗު ކުޅެދީ ހަ ގޯލް ކާމިޔާބު ކޮށްދީފަ. ޗަތުރައަށް ފަހު ދެން ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ސުރަންދާ ބަންދަރަ އާއި ނިޕުނާ ބަންދަރާ.
17:35

ރާއްޖެއާ ލަނކާ އެންމެ ފަހުން ވާދަކޮށްފައި ވަނީ، 2009 ވަނަ އަހަރު ބަންގުލަދޭޝްގައި ބޭއްވި ފަސްވަނަ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގަ. އެމެޗުން ރާއްޖެ އަތުން ލަންކާ ބަލިވީ 5-1ގެ ތަފާތު ބޮޑު ނަތީޖާއަކުން. މެޗުގެ ކުރިން ލަންކާ ޓީމުގެ ކެޕްޓަން ޗަތުރަ ގުނަރަތުނެ ބުނީ، ލަންކާ ޓީމް މިފަހަރުގެ މުބާރާތަށް ތައްޔާރުވެފައިވާ ވަރަށް ބަލާއިރު އެ ޓީމަށް މިފަހަރުގެ މުބާރާތް ކާމިޔާބު ކުރެވިދާނެ ކަމަށް.
17:35

މިއަދުގެ މެޗަށް ނުކުންނަ އިރު ދެޓީމުގައި ވެސް ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ. އޭގެ ތެރޭގައި ހުސްވި އަހަރު ލަންކާގައި ބޭއްވި ރާޖަޕަކްސަ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ގިނަ ކުޅުންތެރިން ތަކެއް ހިމެނޭ. ތިން އަހަރަށް ފަހު ސްރީލަންކާގެ ގައުމީ ޓީމް ރާއްޖެއާ ދެކޮޅަށް ކުޅެން ނުކުންނައިރު އެޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރު ވެފަ،
މެޗުގެ ކުރިން ލަންކާގެ ބްރެޒިލް ކޯޗް ކްލައުޑިއޯ ރޮބާޓޯ ބުނީ، "އަހަރެން ރާއްޖެ ކުޅުނު މެޗު ތަކުގެ ވީޑިއޯ ބެލިން. އަދި ރާއްޖޭގެ ޓީމް ތައިލެންޑްގައި ފަރިތަކުރުންތައް ކުރިއަށް ގެންދިޔަ އިރު ތައިލެންޑްގެ ޓީމަކާއެކު ކުޅުނު މެޗެއް އަހަރެން ބެލިން. އަހަންނަށް ރާއްޖޭގެ ކުޅުން މިހާރު އެނގޭ. އަދި އަހަރެމެން މިތިބީ ރާއްޖެއާ ކުރިމަތިލުމަށް ތައްޔާރުވެގެން،"
17:31