އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް ނިސްބަތްވާ ގޮތަށް "ލާދީނީ އައްނި" މިލަފްޒު ބޭނުން ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދިޓީވީ އަށް އަންގައިފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ އެ މައްސަލަ އެ ކޮމިޝަނުން ބެލީ އެކަމުގެ ސަބަބުން މީހެއްގެ ދީނީ ޝަހުސިއްޔަތު ކަތިލެވޭ ކަމަށް ބުނެ އެ އެ ކޮމިޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަަމަަށެވެ.

ދިޓީވީ އިން މިދިޔަ މަހުގެ 13 ވަނަ ދުވަހު ގެނެސްދީފައިވާ ކޮންޓެންގައި ޓައިޓަލް ބާއަށް އަރުވަމުންދިޔަ ކޮންޓެންޓަކީ ދިޓީވީގެ ކޮންޓެންޓެއް ނޫން ކަމަށް އެ ފަރާތުން ބުނެފައިވީ ކަމަށެވެ. ނަމަވެސް މި ލިޔުންކޮޅުގެ އަރުވަމުން ގެންދިޔަ ކަމަށާއި އެކަމަކީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ 27 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

"މި ބަސް ބޭނުން ކޮށްފައިވާކަމާއި މީގެ ސަބަބުން މި ބަސް ރައްދުވާ ފަރާތުގެ އަބުރާ އިއްޒަތަށް އުނިކަމެއް އަންނާނެ ކަމަށް ފެނުނު ހިނދު މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިން ވަނަ ހަމައިގެ (1) އާ ހިލާފު ކަމެއްކަމަށް ކަނޑައަޅައި، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 44 ވަނަ މާއްދާގެ (ހ)ގެ 1ގެ ދަށުން، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ބްރޯޑްކާސްޓިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި ނަސޭހަތްތެރިވުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަގުލަބިއްޔަތުން ނިންމީމެވެ،" އެކޮމިޝަންގެ ބަޔާނުގައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅުނު އެ މައްސަލަ ބެލުމަށްފަހު ނިންމި ގޮތް ދިޓީވީ އާއި ދިއެފްއެމް ހިންގަމުން އަންނަ ބްރޯޑްކާސްޓިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ވެސް އެކޮމިޝަނުން ވަނީ އަންގައިފަ އެވެ.