02 Sep 2013, 10:23
އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ މެންޗެސްޓާ ޔުނައިޓެޑް އަތުން 1-0 ލަނޑުން ލިވަޕޫލް މޮޅުވެއްޖެ އެވެ.
އިއްޔެގެ މެޗުގައި ޔުނައިޓެޑް ކޮޅަށް ލިވަޕޫލުން ޖެހި ހަމައެކަނި ލަނޑު މެޗު ނިމެންދަނިކޮށް ލިވަޕޫލަށް ކާމިޔާބު ކޮށްދިނީ އިންގްލެންޑްގެ ފޯވަޑް ޑެނިއެލް ސްޓަރިޖް އެވެ.
މަޗަށް ފަހު އިންގްލެންޑްގެ ފޯވަޑް ޑެނިއެލް ސްޓަރިޖް ބުނީ، މެންޗެސްޓާ ޔުނައިޓެޑް އަތުން މޮޅުވުމުން ހުފާވާކަމަށާއި މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ލަނޑު ޖެހުމަކީ ކުރިން ވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށެވެ.
"ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމުން ވަރަށް އުފާވޭ. އަހަރުމެންނަށް ލަނޑު ޖަހާނެ ގިނަ ފުރުސަތު ލިބުނު. ހުރިހާ ކުޅުންތެރިން ވެސް ތިބީ މެޗުން މޮޅުވުމުން ވަރަށް އުފާވެފައި،" އުމުރުން 24 އަހަރުގެ އިންގްލެންޑްގެ ފޯވަޑް ޑެނިއެލް ސްޓަރިޖް ބުންޏެވެ.
ޔުނައިޓެޑް އަތުން ލިވަޕޫލް އިއްޔެ މޮޅުވުމުން އެޓީމް އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ގްރޫޕްގެ އެއް ވަނަ މަގާމްގަ އެވެ. މެޗުން ބަލިވި މެންޗެސްޓާ ޔުނައިޓެޑް އޮތީ ހަތަރު ޕޮއިންޓާ އެކު ހަތް ވަނަ މަގާމްގަ އެވެ. ލީގް ތާވަލްގެ ދެ ވަނަ މަގާމްގައި ހަތް ޕޮއިންޓައެކު އޮތީ ޗެލްސީ އެވެ. ލީގް ތާވަލްގެ ތިން ވަނަ މަގާމްގައި އޮތީ ހަ ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އެވެ.