02 Sep 2013, 10:12
އާޖެންޓީނާގެ ހުނަރުވެރި ފޯވާޑް ލިޔޮނަލް މެސީގެ ހެޓްރިކުން ރޭ ވެލެންސިއާ އަތުން 3-2 އިން ބާސެލޯނާ މޮޅުވެއްޖެ އެވެ.
ދެޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑް ނެގީ ބާސާއިންނެވެ. ބާސާގެ ފުރަތަމަ ލަނޑު މެޗުގެ 11 ވަނަ މިނެޓުގައި މެސީ ޖެހިއިރު، ބާސާގެ އަނެއް ދެ ލަނޑުވެސް މެސީ އެޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ.
ރޭގެ މެޗުގައި ވެލެންސިއާއިން ބާސާކޮޅަށް ޖެހި ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ އެޓީމުގެ ޕޯޗްގަލްގެ ފޯވާޑް ހެލްޑާ ޕޮސްޓީގާ އެވެ.
މެޗަށް ފަހު ބާސާގެ ކޯޗް ޖެރާޑޯ މާޓިނޯ ބުނީ، މެސީގެ ހިތް ވަރާއެކު މި ނެރެވުނު ނަތީޖާ އަކީ ރަނގަޅު ނަތީޖާއެއް ކަމަށެވެ. އަދި މެޗުގައި ބާސާއަށް ލަނޑުޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުނުނަމަ ނަތީޖާ މިއަށް ވުރެ ރަނގަޅު ވިސް ކަމަށް މަޓީނޯ ބުންޏެވެ.
ރޭގެ މޮޅާއެކު ސްޕެނިޝް ލީގުގައި ބާސާ އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ތާވަލްގެ އެންމެ ކުރީގައި ނުވަ ޕޮއިންޓާއެކު އެވެ. އެހެން ނަމަވެސް ބާސާއާއި އެއްވަރަށް އެތްލެޓިކޯ މެޑްރިޑް އަދި ވިޔަރެއާލް އާއި ރެއާލް މެޑްރިޑް ވެސް ވަނީ ޕޮއިންޓު ހޯދައިފަ އެވެ. ބާސާއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.