01 Sep 2013, 23:33
ގެއްލިގެން ފުލުހުން ހޯދަމުންދިޔަ 15 އަހަރުގެ އަންހެން ކުއްޖާ އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް ހިންގަމުން ގެންދާ އުސްފަސްގަނޑުގެ ސަރަހައްދުން ފެނިއްޖެ އެވެ.
ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެެއިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ ހދ. ނޭކުރެންދޫ، ޝާޒިން، އާމިނަތު އިފާ 15، ފެނިފައި ވަނީ މިރޭ 8 ޖަހާކަންހާއިރު އުސްފަސްގަނޑުގެ ސަރަހައްދުގައި އުޅެނިކޮށް އެކުއްޖާގެ އާއިލާގެ މީހުންނަށް ކަމަށެވެ.
ފުލުހުން ބުނީ އެ އަންހެން ކުއްޖާގެއްލެން ދިމާވި ސަބަބު މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
ފަހަކަށް އައިސް ފުރާވަރުގެ ކުދިން ގެއްލިގެން ރިޕޯޓު ކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.