އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ހދ. ނޭކުރެންދޫ، ޝާޒިން، އާމިނަތު އިފާ ގެއްލިގެން ރިޕޯޓުކޮށްފައި ވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ކަމަށެވެ.

އާމިނަތު އިފާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ ރަތް ކުލައިގެ ޓޮޕަކާއި ކަޅު ކުލައިގެ ސްކިނީ ޖިންސެއް ކަމަށް ފުލުހުން ބުނެ އެވެ. އަދި އާއިމިނަތު އިފާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ނަމަ އެ މަޢުލޫމާތު ފުލުހުންގެ އެމަޖެންސީ ނަންބަރު 119 އަށް ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ނަންބަރު 9790163 އަށް ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.

ފަހަކަށް އައިސް ފުރާވަރުގެ ކުދިން ގެއްލިގެން ރިޕޯޓު ކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ. އަދި އެފަދަ ކުދިން ގިނަ ފަހަރަށް ފެންނަނީ ކޮންމެވެސް ރައްޓެއްސަކާ އެކު އުޅެނިކޮށެވެ.