އަންނަ ހޮނިހިރު ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކަންތައްތަކާއި އޭގެ ފަހުން ރާއްޖޭގެ ހާލަތު އޮންނަ ގޮތް ބެލުމަށް އދ.ގެ ޓީމެއް މިއަދު ރާއްޖެ އައުމަށް ހަމަޖެހިއްޖެ އެވެ.

ރާއްޖޭގައި ހުންނަ އދ.ގެ އޮފީހުން މިއަދު ބުނީ އެމެރިކާގެ ނިއުޔޯކްގައި ހުންނަ އެޖަމާއަތުގެ ޕޮލިޓިކަލް އެފެއާޒްއިން ފޮނުވާ އެ ޓީމު މިއަދުން ފެށިގެން ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހާ ހަމައަށް ރާއްޖޭގައި ތިބޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބު ހިނގަމުންދާ ވަގުތުގަޔާއި އޭގެ ފަހުން ރާއްޖޭގެ ހާލަތު އޮންނަ ގޮތް އެޓީމުން ބަލާނެ ކަމަށާއި އެއަށް ފަހު ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒަށް، ކަމާ ބެހޭ ރިޕޯޓެއް ހުށައަޅާނެ ކަމަށް ވެސް ރާއްޖޭގައި ހުރި އދ.ގެ އޮފީހުން ބުންޏެވެ.

ރާއްޖެ އަންނަ އދ.ގެ ޓީމުން މަސައްކަތް ކުރާނީ ރާއްޖޭގައި ހުރި އދ.ގެ އޮފީހާ ގުޅިގެންނެވެ.
ރިޔާސީ އިންތިހާބުގެ ކަންތައްތައް ބޭރުގެ ބައެއް ގައުމުތަކުގެ މޮނީޓަރުންނާއި ނޫސްވެރިން މިހާރު ވަނީ ރާއްޖެ އައިސްފަ އެވެ.