31 Aug 2013, 09:31
ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑެއް ކަމަށްވާ "ސްކޯސް އޮފް ފުލެއާ" ޕީޕީއެމްއާ ގުޅިއްޖެ އެވެ.
ރޭ ޕީޕީއެމް އިން ކުރިއަށް ގެންދިޔަ އިގުތިސާދީ މެނިފެސްޓޯ ލޯންޗުކުރުމުގެ ޖަލްސާގައި ޕީޕީއެމްއާ ގުޅުނު "ސްކޯސް އޮފް ފުލެއާ"ގެ މެމްބަރުންނަށް މަރުހަބާ ކިޔާފައި ވަނީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ޕީޕިއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
ސްކޯސް އޮފް ފުލެއާ އިން ޕީޕީއެމްއާ ގުޅުމަށް ފަހު އެ ޕާޓީ އަށް ވަނުމަށް ފުރާފައިވާ ގިނަ އަދަދެއްގެ ފޯމުތަކެއް އެޕާޓީއާ ވަނީ ހަވާލުކޮށްފަ އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން ވިދާޅުވީ ސްކޯސް އޮފް ފުލެއާ އިން 400 ޒުވާނުންގެ ފޯމް ރޭ ހުށަހަޅާފައިވާ ކަމަށެވެ.
ރޭގެ ޖަލްސާގައި ކޮލޮމްބޯގައި ހުންނަ ޕީޕީއެމްގެ ޖަގަހައިން ވެސް ވަނީ އެ ޕާޓީ އަށް ވަނުމަށް އެދި ފުރާފައިވާ ފޯމުތަކެއް ހަވާލުކޮށްފަ އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ވެސް ވަނީ ޕީޕީއެމްއާ ރަސްމީކޮށް ގުޅިފަ އެވެ.