ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)، އަހްމަދު ނާޝިދު (ނާއްޓެ) އަދި މޫސާ ޔާމީން (ޔާންބެ) ބާކީކޮށް ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ގައުމީ ޓީމްގެ 20 ކުޅުންތެރިންގެ ސްކޮޑް އިއުލާން ކޮށްފި އެވެ.

ޓީމް ތަކުގެ ފައިނަލް ސްކޮޑް އިއުލާން ކުރަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ މިއަދު ކަމަށްވާއިރު، ސާފްޗެމްޕިއަންޝިޕްގައި މިފަހަރު ބައިވެރިވާ ރާއްޖޭގެ ގައުމީޓީމުން ބޮކުރީ، ޔާމީން އަދި ނާއްޓެ ބާކީ ކުރުމުން އޭގެ މާނައަކީ މިހާރު އަނިޔާގައި ތިބި ރިލްވާން ވަހީދު (ރިލޭ) އާއި، އިސްމާއީލް އީސާ (މެސީ) ދެކުޅުންތެރިންވެސް މިފަހަރުގެ މުބާރާތުގައި ކުޅޭނެ ކަމެވެ.

އައްވަނަ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ރާއްޖޭގެ ޓީމުގެ ފައިނަލް ސްކޮޑް:
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު:

- އިމްރާނު މުހައްމަދު (އިންމަ) ގޯލްކީޕަރު
- މުހައްމަދު ޝިފާން (ކުޑައްޓޭ)
- އަހުމަދު އަބުދުﷲ (ލިލީ)
- މުހައްމަދު އުމޭރު
- އަކުރަމް އަބުދުލްގަނީ (އަކޫ)
- ރިލްވާން ވަހީދު (ކަކާރިލޭ)
- އަހުމަދު ނިޔާޒް (ނިޔާ)
- އިސްމާއީލް އީސާ (މެސީ)
- އަލީ ފާސިރު (ސެންޓޭ)
- އަލީ އުމަރު
- އަލީ އަޝްފާގް (ދަގަނޑޭ)

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން:
- މުހައްމަދު އިމްރާން (އިމްރާން) ގޯލްކީޕަރު
- ޝާފިއު އަހުމަދު
- މުހައްމަދު ރަޝީދު (ހޮކޭ)
- މުހައްމަދު އާރިފް (ބަކާ)
- އަސަދުﷲ އަބުދުﷲ
- އަހުމަދު ރަޝީދު (އައްމަޑޭ)

ބީޖީ ސްޕޯޓްސް:
- އިބްރާހީމް އިފްރާހު އަރީފް (އިފްރާ) ގޯލްކީޕަރު
- ހަސަން އަދުހަމް (ސަޑޭ)

ކުލަބް އީގަލްސް:
- އަހުމަދު އިމާޒް (އާއްކޮ)