30 Aug 2013, 13:23
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އެޑްވައިޒަރުގެ މަގާމް މ. ރީނާ ޖައުފަރު އީސާ އާދަމް (ޖައުސާ ޖައުފަރު) އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަމަޖައްސަވައިފި އެވެ.
މީގެ ކުރިން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ އެކު ސިޔާސީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ޖައުސާ ޖައުފަރު ވަނީ ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ "ގައުމައިގެން ކުރިއަށް" ކޯލިޝަނާ ގުޅިވަޑައިގެންފަ އެވެ.
ރައީސް އޮފީހުން ބުނީ ޖައުފަރު އެ މަގާމަށް ހަމަޖައްސާފައި ވަނީ މުސާރަ ނުލިބޭ ގޮތަށް ކަމަށެވެ.