30 Aug 2013, 00:07
ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީން މިރޭ ބޭއްވި ޝޯއެއްގައި ޑީޖޭ މިއުޒިކާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ސިޔާސަތުތައް މިރޭ ތަކުރާރު ކުރައްވައިފި އެވެ.
މިރޭ 9:30ގައި ރާޅުގަނޑު ސަރަހައްދުގައި އެމްޑީޕީ އިން ބޭއްވި އެ ޝޯގައި ނަޝީދު ވަނީ ޑީޖޭ ރާގާ އެކު އެމްޑިޕީގެ ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވައިފަ އެވެ. އެގޮތުން ނަޝީދު ވިދާޅުވެފައި ވަނީ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ޔަގީން ވެފައިވާ ކަމަށާއި އެ ޕާޓީ އިން އިންތިހާބު "އެއްބުރުން" ކާމިޔާބު ކުރައްވާނެ ކަމަށެވެ.
އަދި ވިދާޅުވީ އެމްޑީޕީ އިން ތަރައްގީ ގެނެސްދޭނެ ކަމަށާއި އެމްޑީޕީއަކީ ރާއްްޖެ ކުރިއަރުވައި ތަރައްގީ ކުރާނެ ކަމަށެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު އެމްޑީޕީން ބޭއްވި ޝޯގައި ރާއްޖޭގެ މަޝްހޫރު މިއުޒިކް ބޭންޑުތަކުން ވަނީ ލަވަތައް ހުށައަޅާދީފަ އެވެ. އޭގެ ތެރޭގައި ޓުރެފިކް ޖޭމް އާއި މަޝްހޫރު ބޮޑުބެރު ގްރޫޕު ހަރުބީގެ އިތުރުން ބައެއް ލަވަ ކިޔުންތެރިންގެ ލަވަތައް ކިޔައިފައިވެ އެވެ.