29 Aug 2013, 20:51
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގު އުން އަށް ބޭވަފާތެރިވި، އޭނާގެ ކުރީގެ ލޯބިވެރިއަކު މަރާލާފައިވާ ކަމަށް ބުނާ ރިޕޯޓްތަކެއް އުތުރު ކޮރެއާގެ ނޫހެއްގައި ޝާއިއުކޮށްފި އެވެ.
އުތުރު ކޮރެއާ ސަރުކާރުން ހައްޔަރުކޮށް، މަރާލާފައިވާ އުތުރު ކޮރެއާގެ މަޝްހޫރު ލަވަކިޔުންތެރިއާ ހިއޮން ސޮންގް ވޮލްއަކީ ކިމް ޖޮންގު އުންގެ ޒުވާން ދުވަސްވަރު ލޯބީގެ ގުޅުމެއް އޮތް އަންހެނެއް ކަމަށް އުތުރު ކޮރެއާގެ ނޫހަކާ ހަވާލާދީ އިނގިރޭސިވިލާތުގެ ޑެއިލީ މެއިލް ބުންޏެވެ. ހިއޮން މަރާލާފައި ވަނީ އޭނާ މަސައްކަތް ކުރާ އޯކެސްޓްރާ ބޭންޑުގެ އެންމެންނާއި އެކުގައި ކަމަށް ނޫހުގައި ވެއެވެ.
މިބޭންޑުގެ އެންމެ މަރާލާފައި މިވަނީ ބޭންޑުގެ އެންމެން ބަދު އަހުލާގީ އަމަލު ހިންގާ ވީޑިއޯތަކެއް އާއްމުވެފައި ވަނިކޮށެވެ. ނޫހުން ބުނީ ކިމްގެ ޒުވާން ދުވަސްވަރު ހިއޮންއާއެކު އުޅުއްވުމަށް ފަހު އެނާއާ ދުރުވެވަޑައިގެންނެވީ ކިމްގެ ބައްޕާފުޅުގެ އަމުރަށް ކަމަށެވެ.
ކިމްގެ ބައްޕާފުޅު ކިމް ޖޮންގް އިލް އަވަހާރަވުމުން، ކިމް ވަނީ ހިއޮންއާ އަލުން ގުޅިފައި ކަމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. ހިއޮންއާއި ކިމް ދެމެދު ލޯބީގެ ގުޅުމެއް ހިނގަމުން ގޮސްފައި ވަނީ ކިމް ކައިވެނި ކުރި ފަހުން ކަމަށާއި ހިއޮންއަކީ ވެސް މީހަކާ އިނދެގެން އުޅުނު މީހެއް ކަމަށް ނޫހުގައިވެ އެވެ.
އުތުރު ކޮރެއާގެ އެންމެ މަގުބޫލު އެއް ނޫސް "ޗޯސަން އިލްބޯ" އިން ބުނީ ހިއޮން އާއި އޭނާގެ ބޭންޑުގެ މެމްބަރުން ހައްޔަރުކޮށްފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށާއި ބަޑި ޖަހާ މަރާލާފައި ވަނީ އޭގެ ތިން ދުވަސް ފަހުން ކަމަށްވެ އެވެ.