20 Nov 2010, 06:01
މާލޭގެ ދެ ސަރަހައްދަކުން މަސްތުވާ ތަކެއްޗާ އެކު ތިން މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ސިނަމާލެ 3 ހުންނަ ސަރަހައްދުން މަސްތުވާތަކެއްޗާ އެކު ދެ މީހަކު މިއަދު ހެނދުނުގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށާއި މަސްތުވާ ތަކެއްޗާ އެކު އަނެއް މީހާ އަތުލައިގެންފައި ވަނީ ނެޝަނަލް ސެންޓާ ފޯ އިންޕޮމޭޝަން ޓެކްނޮލޮޖީގެ އިމާރާތް ހުންނަ ސަރަހައްދުން ކަމަށެވެ.
ޝިޔާމް ވިދާޅުވީ އެ ތިން މީހުންގެ ތަހުގީގުތައް ކުރިއަށް ދާތީވެ އެ މީހުންނާ ބެހޭ އިތުރު ތަފްސީލެއް ދެވެން ނެތް ކަމަށާއި އެ މީހުންގެ އަތުން އަތުލައިގަތީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއް ކަމެއް ވެސް ވިދާޅުވެވެން ނެތް ކަމަށެވެ.