ގަލޮޅު ބޯޅަދަނޑުގެ ފިހާރައަކުން ކުލި ނުދައްކައިގެން ކުރި 154،379.94 ރުފިޔާގެ ޖުރިމަނާ އާއި ނުދައްކައި އޮތް 352،682.90 ރުފިޔާގެ ކުއްޔާ އެކު ބައި މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އަންގާރަ ދުވަހު ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނީ ގަލޮޅު ބޯޅަ ދަނޑު ހަ ނަމްބަރު ފިހާރަ ކުއްޔަށް ހިފައިގެން އުޅޭ ފްރީސިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން މީރާ އަށް ދައްކަން ޖެހޭ 352،682.90 ރުފިޔާގެ ކުއްޔާއި ކުލި ނުދެއްކުމުން ކުރި 154،371.94 ރުފިޔާ އާ އެކު ޖުމްލަ 507،234.84 ރުފިޔާ ފަސް މަސް ދުވަހުގެ ތެރޭގައި މީރާ އަށް ދައްކަން ޖެހޭނެ ކަމަށެވެ.

އެ މައްސަލައަކީ މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އިން މިދިޔަ އަހަރު އޮކްޓޫބަރު މަހު ފްރީސިއާ މޯލްޑިވްސްގެ މައްޗަށް އުފުލި ދައުވާއެކެވެ.