ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެމްބަރު ޝުއައިބް އަބްދުއްރަހްމާނާ މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅުއްވައިދެއްވުމަށް އެ ކޮމިޝަންގެ ރައީސް އާދަމް މުހައްމަދު އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.

ޖޭއެސްސީން ބުނީ އެ ކޮމިޝަންގެ މެމްބަރު ޝުއައިބްއާ މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅުއްވައި ދެއްވުމަށް ކޮމިޝަންގެ ރައީސް އާދަމް މުހައްމަދު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 17 ވަނަ މާއްދާގައި ބުނެފައިވާ މެންބަރުންގެ ސުލޫކީ މިންގަނޑުތަކާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއް އޭނާ ހިނާގާފައިވާ ކަމަށް ވިދާޅުވެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އަށް ޖޭއެސްސީގެ ރައީސް އާދަމް މުހައްމަދު ހުށަހެޅުއްވި ސިޓީގައި ޝުއައިބު އެ ކޮމިޝަންގެ މެމްބަރުންގެ ސުލީކީ މިންގަނޑާ ޚިލާފުވި ކަމަށް އޭނާ ދެކެވަޑައިގަންނަވާ ސަބަބުތައް ތަފްސީލުކޮށް ފާހަގަކޮށްފައިވާ ކަމަށެވެ.

އެ ސިޓީގެ ކޮޕީ ރައްޔިތުންގެ މަޖިލީހަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.