19 Nov 2010, 17:02
ކުޑަ އަންހެން ކުއްޖަކާ ބަދު އަހުލާގީ އަމަލު ހިންގި ފިރިހެނަކު ވިލިމާލޭން މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް ވިދާޅުވީ ކުޑަ އަންހެންކުއްޖަކާ މެދު ބަދު އަހުލާގީ އަމަލު ހިންގުމުގެ ތުހުމަތުގައި މިރޭ ފުލުހުންގެ ބެލުމުގެ ދަށަށް 39 އަހަރުގެ ފިރިހެނަކު ގެންގޮސްފައިވާ ކަމަށެވެ.
އޭނާ އަދި ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ މައްސަލައާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް މިވަގުތު އާންމު ކުރެވެން ނެތް ކަމަށެވެ.
ވިލިމާލޭން ސަން އޮންލައިން އަށް މައުލޫމާތު ދިން މީހަކު ނަން ހާމަ ނުކުރުމަށް އެދި ބުނީ ފުލުހުން އެ މީހާ ހައްޔަރުކޮށްފައި ވަނީ މިރޭ އިރު އޮއްސުނު ވަގުތު ކަމަށާއި އެ މީހާ ޖިންސީ ގޯނާ ކޮށްފައި ވަނީ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކާ ކަމަށެވެ.
މިއަދަކީ ކުޑަކުދިންނަށް އަނިޔާ ކުރުމަށް ދެކޮޅަށް ހަރަކާތްތެރިވުމަށް ބައިނަލް އަގުވާމީ ގޮތުން ފާހަގަ ކުރާ ދުވަހެވެ.