28 Aug 2013, 15:13
ރާއްޖޭގެ ހަތަރު މަންޒިލަކަށް 888ރ. އަށް ދަތުރުކުރެވޭ ޕުރޮމޮޝަނެއް އަމިއްލެ އެއާލައިން ކުންފުނި ވިލާ އެއާގެ، ފުލައިމީއިން ފަށައިފި އެވެ.
"ބުރަފަތި ޕްރޮމޯޝަން"ގެ ނަމުގައި ފުލައިމީއިން މިއަންނަ މަހުގެ 30 ގެ ނިޔަލަށް ފެށި އެ ޕްރޮމޯޝަންގައި 888ރ. އަށް ދަތުރުކުރެވެނީ ކާޑެއްދޫ، ކޫއްޑޫ، ކައްދޫ އަދި ހަނިމާދު އަށް ކަމަށް އެއާލައިނުން ބުންޏެވެ.
"ބުރަފަތި ޕްރޮމޯޝަން"ގައި ބ. ދަރަވަންދޫ އަށާއި ހދ. ހަނިމާދޫގެ އިތުރުން ގއ. ކޫއްޑޫ އާއި ގދ. ކާޑެއްދޫގެ އިތުރުން އދ. މާމިގިއްޔާއި ލ. ކައްދޫއާ ދެމެދު 555 ރުފިޔާ އަށް ދަތުރު ކުރެވޭނެ ކަމަށް ވެސް އެއާލައިނުން ބުންޏެވެ.
ފުލައިމީއިން ބުނީ އެޕުރޮމޯޝަންގައި ބައިވެރިވެވޭނީ ދިވެހިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީއިންގެ ތެރެއިން ވާކްޕާޓް އޮތް ފަރާތްތަކަށެވެ. އަދި އެފެއާގައި ވެސް ދަތުރުކުރާ ދެ އަހަރުންގެ ދަށުގެ ކުދިންނަށް ހިލޭ ދަތުރުކުރެވޭނެކަމަށް ބުންޏެވެ.