14:30


ނޭޕާލުގެ ކުރީގެ ބޮޑުވަޒީރު ގިރިޖާ ޕްރަސާދް ކޮއިރަލާ އަވަހާރަވެއްޖެ އެވެ. އުމުރުފުޅުން 86 އަހަރުގެ ކޮރިރަލާ އަވަހާރަވީ ހާލުކޮޅު ބޮޑުވުމާ ގުޅިގެން ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގަ އެވެ.


ކޮއިރަލާ ވަނީ ނޭޕާލްގެ ބޮޑު ވަޒީރުކަމުގެ ހަތަރު ދައުރު ފުރިހަމަކުރައްވާފަ އެވެ. ނޭޕާލަށް ޑިމޮކްރަސީ ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކޮއިރަލާ ވަނީ އަށް އަހަރު ޖަލުގައި ވެސް ހޭދަކުރައްވާފަ އެވެ. އަދި ތަފާތު މުނާސަބަތުތަކުގައި އޭނާ ވަނީ ރާއްޖެ ވެސް ޒިޔާރަތްކުރައްވައިފަ އެވެ.