ޔުއެފާ ޗެމްޕިއަންސް ލީގުން އާސެނަލް ޖާގައެއް ހޯދައިފި އެވެ.

ޗެމްޕިއަންސް ލީގުން އާސެނަލް ޖާގަ ހޯދީ ރޭ ފެނަބާޗޭއާ ދެކޮލަށް ކުޅުނު މެޗް 2-0 ލަނޑުން ކަމިޔާބު ކޮށްގެންނެވެ.

ރޭގެ މެޗުގައި އާސެނަލްއިން ފެނަބާޗޭ ކޮޅަށް ޖެހި ދެ ގޯލް ވެސް އާސެނަލްއަށް ކާމިޔާބު ކޮށްދިނީ ވޭލްސްގެ މިޑްފީލްޑަރު އާރޮން ރަމްސީ އެވެ.

މި ދެ ޓީމު މީގެ ހަފުތާއެއްގެ ކުރިން ކުޅުނު މެޗުން އާސެނަލް ކާމިޔާބު ކުރީ 3-0އިންނެވެ. މިހެންވެ އާސެނަލް ޗެމްޕިއަންސް ލީގަށް ކޮލިފައިވީ ޖުމުލަ 5-0ގެ އެގްރިގޭޓުންނެވެ.

ރޭގެ މެޗަށް ފަހު އާސެނަލް ދެ ގޯލް ކާމިޔާބު ކޮށްދިން އުމުރުން 22 އަހަރުގެ އާރޮން ރަމްސީ ބުނީ، މެޗުން މޮޅުވުމުން ވަރަށް އުފާވާ ކަމަށާއި މުޅިމެޗުގައި ވެސް ޓީމުގެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް ކަމަށެވެ.

ޗެމްޕިއަންސް ލީގަށް އާސެނަލް ކޮލިފައިވި އިރު އެ ޓީމު ހިމެނެނީ މުބާރާތުގެ އެންމެ ވަރުގަދަ އަށް ޓީމުގެ ތެރޭގަ އެވެ.

ޗެމްޕިއަންސް ލީގުގެ ގުރު ނެގުން އޮތީ މާދަމާ އެވެ.