ޑްރަގް ކޯޓުން އެންގި ގަޑިއައަށް ނޭޝަނަލް ޑްރަގް އެޖެންސީން ކޯޓަށް ހާޒިރުވެފައި ނުވާތީ 75 ރުފިޔާއިން އެ އެޖެންސީ ޖޫރިމަނާ ކޮށްފި އެވެ.

ޑްރަގް ކޯޓުން ބުނީ ރީހެބިލިޓޭޝަން އަމުރެއްގެ ދަށުން ފަރުވާގެ ޕްރޮގްރާމް ފުރިހަމަކުރަމުން ދިޔަ މީހެއްގެ ފަރުވާގެ ޕްރޮގްރާމް ހުއްޓާލުމަށް ނޭޝަނަލް ޑްރަގް އެޖެންސީން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އިއްޔެ ބޭއްވުނު ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުވުމަށް އަންގާފައިވާ ގަޑިއަށް އެ އެޖެންސީން ހާޒިރުވެފައިނުވާ ކަމަށެވެ. އެހެންކަމުން ޑްރަގް އެޖެންސީ 75 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ޑްރަގް ކޯޓުން ބުންޏެވެ.

ޑްރަގް ކޯޓުން ބުނީ އެގޮތަށް ޖޫރިމަނާ ކޮށްފައިމިވަނީ ކޯޓަށް މީހުން ހާޒިރުވުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން ކަމަށެވެ.

ރީހެބިލިޓޭޝަން އަމުރެއްގެ ދަށުން ފަރުވާގެ ޕްރޮގްރާމު ފުރިހަމަކުރަމުން ދިޔަ މީހެއްގެ ފަރުވާގެ ޕްރޮގްރާމު ހުއްޓާލުމަށް ނޭޝަނަލް ޑްރަގް އެޖެންސީން ހުށަހަޅާފައިވާ ހުށަހެޅުމަކާގުޅިގެން ބޭއްވުނު ޝަރީޢަތުގެ އަޑުއެހުމަށް އެ އެޖެންސީގެ ފަރާތުން ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގަޑިއަށް ޙާޟިރުވެފައިނުވާތީ އެ އެޖެންސީ -/75 (ހަތްދިހަ ފަހެއް) ރުފިޔާއިން އިއްޔެ ޖޫރިމަނާކޮށްފިއެވެ. މި ގޮތަށް ޖޫރިމަނާ ކޮށްފައިމިވަނީ ކޯޓަށް މީހުން ޙާޟިރުވުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުންނެވެ.