27 Aug 2013, 19:56
ކުލީ ކޮޓަރިއެއްގެ ތެރޭގައި ބަދުއަޚުލާގީ އަމަލު ހިންގި މައްސަލައެއްގެ ތަހުގީގު ނިންމައި ދެ މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
ފުލުހުން ބުނީ ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވާފައި ވަނީ މާލޭ ދަފްތަރު 7311، މުހައްމަދުދީދީ،41، އާއި ސްރީލަންކާގެ އަންހެނެއްކަމަށްވާ ދަމިކާ ސިރިޔަލަތަ،41، ގެ މައްޗަށް ކަމަށެވެ.
އެދެ މީހުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ މިއަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލޭގައި ހުރި ދުވަހު ކުއްޔަށް ކުއްޔަށްދޭ ކޮޓަރިއެއް ތެރޭގައި ބަދުއަޚްލާގީ އަމަލު ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ޕީޖީ އަށް ފޮނުވާފައި ވަނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.