27 Aug 2013, 17:20
ވާދީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑުން އަމިއްލަ ފަރާތަކަށް ދޫކޮށްފައިވާ ތިން ޗެކެއް ބައުންސްވެފައިވާ މައްސަލައެއް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އެ މައްސަލައާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައި ވަނީ ވާދީ ޓްރޭޑާސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މ. ވާދީރޯސް މުހައްމަދު އަހްމަދުދީދީ،62، ގެ މައްޗަށެވެ.
މުހައްމަދު އަހްމަދުދީދީގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އަށް ފޮނުވާފައިވަނީ ވާދީ ޓްރޭޑާސް ގެ ނަމުގައި ހަބީބު ބޭންކުގައި ހުޅުވާފައިވާ އެކައުންޓުން ދޫކޮށްފައިވާ ތިން ޗެކެއް ބައުންސްވެފައިވާ މައްސަލައާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޗެކް ބައުންސްވި މި މައްސަލައިގައި ވާދީ ޓްރޭޑާސް އިން އަމިއްލަ ފަރާތަކަށް ދޫކޮށްފައިވަނީ 287924.10ރ ގެ ތިން ޗެކެވެ. އެއީ ޖުމްލަ -/863772.30ރ. އެވެ.