އެސްޓީއޯ އިން ރާއްޖޭގެ ހަތަރު ސަރަހައްދެގައި ނިޕޯން ކުލަ އުފައްދާ މެޝިންތަކެއް ބަހައްޓައިފި އެވެ.

ހޯމްއިމްޕްރޫވްމަންޓް ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކުންފުނިން ބުނެފައި ވަނީ މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ހަތް ސަރަހައްދެއްގައި މެޝިން ބެހެއްޓާނެ ކަމަށެވެ.

އެސްޓީއޯއިން ބުނިގޮތުގައި މިހާރު މާލެ، ހުޅުމާލެ، އައްޑޫ ސިޓީގެ މަރަދޫ ފޭދޫ، ހދ. ކުޅުދުއްފުށި އަދި ގދ.ތިނަދޫގައި މެޝިން ބެހެއްޓިފައިވާ ކަމަށާއި މިއަހަރު ނިމުމުގެ ކުރިން އިތުރު ދެ މެޝިނެއް ލ. ފޮނަދޫ އަދި ފުވައްމުލަކުގައި ބެހެއްޓިގެން ދާނެ އެވެ.

އެސްޓިއޯގެ އޮފިޝަލަކު ވިދާޅުވީ އެ މެޝިންތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބެހެއްޓުމުގެ މައިގަޑު މަގްސަދަކީ އެސްޓީއޯގެ ކަސްޓަމަރުންނަށް ފަސޭހަ ކަމާއިއެކު ބޭނުން ކުލައެއް ވަގުތުން ތައްޔާރު ކުރެވޭނެ ނިޒާމެއް ހަމަޖައްސައި ދިނުމަށް ކަމަށެވެ.

އެސްޓިއޯއިން ވަނީ މުޅިން އައު ވޯލް ސީލާ "ނިޕޯން އޮޑާލެސް ވޯލް ސީލާ 5101" ތައާރަފްކޮށްފަ އެވެ. އެ ވޯލް ސީލާ އަކީ ކުރިން އެސްޓިއޯއިން ވިއްކަމުން ދިޔަ ވޯލް ސީލާ އަށް ވުރެ 90 ޕަސެންޓް ވަސް މަޑު ވޯލްސީލާއެކެވެ.

އެ ކުންފުނިން ބުނީ އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުން މިހާރު އެ ވޯލްސީލް ލިބެން ހުންނާނެ ކަމަށެވެ.