27 Aug 2013, 16:47
ތ. ތިމަރަފުށީގައި އަލަށް ހަދާ ޑޮމެސްޓިކް އެއާޕޯޓަށް ފުރަތަމަ ޓެސްޓް ފްލައިޓް އަންނަ އާދީއްތަ ދުވަހު ޖައްސާނެ ކަމަށް ރީޖަނަލް އެއާޕޯޓްސް އިން މިއަދު ބުނެފި އެވެ.
ރީޖަނަލް އެއާޕޯޓްސްގެ ޑިރެކްޓަރު ޖެނެރަލް ސާމީ އަގީލް ވިދާޅުވީ އެ ރަށުގައި ހަދާ އެއާޕޯޓް އިންސްޕެކްޓް ކުރަން ސިވިލްއޭވިއޭޝަން އޮތޯރިޓީގެ އިންސްޕެކްޝަން ޓީމް އަންނަ ހޮނިހިރު ދުވަހު ތިމަރަފުއްޓަށް ދާނެ ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތްކުރަނީ އަންނަ ހޯމަ ދުވަހު އެއާޕޯޓް ރަސްމީކޮށް ހުޅުވަން. އެތަނުގައި ކުރަން މަސައްކަތްތަކުގެ ބޮޑު ބައެއް ވަނީ ނިމިފައި،" އޭނާ ވިދާޅުވި އެވެ.
ސާމީ ވިދާޅުވީ އެ ރަށުގައި ހަދާ އެއާޕޯޓުގެ ވަގުތީ ޓާމިނަލްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އޭޕްރަން އާއި ފެންސް ޖެހުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއާޕޯޓަށް ބޭނުންވާ އިކްއިޕްމަންޓް މިއަދުގެ ވަގުތެއްގައި ފޮނުވާލެވޭނެ. އަދި އެތަނުގައި ގެންގޮސް ވަރަށް އަވަހަށް އިންސްޓޯލްކުރަން ފަށާނެ،" ސާމީ ވިދާޅުވި އެވެ.
ތިމަރަފުށީ އެއާޕޯޓް ހެދުމުގެ މަސައްކަތް އެއާޕޯޓްސް ކޮމްޕެނީން ހަވާލުކޮށްގެން ފެށީ އެމްޓީސީސީން ފެށީ މިއަހަރުގެ ކުރީކޮޅު އެވެ.