27 Aug 2013, 09:12
ގެއްލިގެން ހޯދަމުންދިޔަ ބަންގުލަދޭޝް މީހަކު މޫދުއަޑީ މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުންބުނީ ރޭ އިރާކޮޅު މަސްބާނަން ނުކުތް ސަމަރު ބިސް ސާސް 45، ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 10:50 ހާއިރު ކަމަށެވެ. އިސްކޮޅުގައި ފަސް ފޫޓުހުންނަ ސަމަރު ބިސް ސާސް މަސް ބާނަން ދިޔައީ ތިލަފުށި ބީއެމްސީ ސައިޓުގެ އުތުރު ބަނދަރު ފަޅުތެރޭގައި އަޅާފައި އޮތް ބާޖަކަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަދި ސަމަރު ބިސް ސާސް ފެނިފައިވަނީ ރޭ 12:30 ވިފަހުން އޭނާ މަސްބާނަން ދިޔަ ސަރަހައްދު މޫދުއަޑިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.