މާލޭގައި ތޫނު އެއްޗަކުން ހަމަލަދީ ޒުވާނަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ މިރޭ 12:00 އެހައިކަންހާއިރު މއ. ފެއަރީހައުސް ކައިރީ ހިންގި މި މާރާމާރީގައި އަނިޔާވި ޒުވާނާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

އެ ހާދިސާގައި އަނިޔާލިބިފައި ވަނީ 28 އަހަރުގެ ޒުވާނަކަށް ކަމަށާއި އޭނާގެ މޭމަތީގެ ދެ ތަނަކަށް ތޫނު އެއްޗަކުން ހަމަލަދީފައިވާކަމަށް ޑޮކްޓަރާއި ހަވާލާދެއްވައި ފުލުހުން ބުންޏެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ މި މައްސަލަ ތަޙުގީގު ކުރަމުންނެވެ.