26 Aug 2013, 17:04
އަންނަ މަހު ހަތެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް ސިޔާށީ ޕާޓީތަކުން ކުރަމުންދާ ކެމްޕެއިންގެ ސަބަބުން ކިޔަވަމުންދާ ކުދިންގެ ކިޔެވުމަށް ބުރުއާރާނެ އެއްވެސް އަމަލެއް ނުކުރުމަށް ހިއުމަންރައިޓްސް ކޮމިޝަންސް އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފި އެވެ.
އެޗްއާރުސީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަހަކަށް އައިސް ކެމްޕެއިން ކެމްޕެއިން ޖަގަހަތަކުގެ އަޑުގަދަވުމާއި ގުޅިގެން އާންމު ފަރުދުންނަށާއި ކިޔަވާކުދިނަށް އުނދަގޫވާ ކަމުގެ ޝަކުވާތައް އެ ކޮމިޝަނަށް ހުށަހެޅެމުންދާ ކަމަށެވެ.
ކެންޑިޑޭޓުނަށް ތާއިދުކުރާ ފަރާތްތަކުން ވެސް ކެމްޕެއިން ކުރުމުގެ ރޫހާ އެއްގޮތަށް ކެމްޕެއިން ކުރުމުގެ ކުރުމުގެ ރުޙާ އެއްގޮތައް ކެމްޕެއިންގެ އަމަލުތައް ބެހެއްޓުމަށް ގޮވާލާ ކަމަށް ބަޔާނުގައިވެ އެވެ.
"މި ދުވަސްވަރަކީ މަދަރުސާތަކުގެ އިމްތިހާންގެ ދުވަސްވަރަކަށް ވީހިނދު މި އިންތިހާބުގައި ތާއިދު ހޯދުމުގެ ގޮތުން އެކި ފަރާތްތަކުންކުރާ ކަންކަމުގެ ސަބަބުން ކިޔަމުންވާ ކުދިން ކިޔެވުމަށް ބުރުއާނެ އަމަލެއް އެއްވެސް ފަރާރަތަކުން ނުކުރުމަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ،" އެޗްއާރުސީމްގެ ބަޔާނުގައިވެ އެވެ.
މާލެއާއި އަތޮޅު ތެރޭގައި ސިޔާސީ ޕާޓީތަކުން ހަދާފައިވާ ކެމްޕެއިން ޖަގަހަތަކުން ބާރަށް ލަވަޖެހުމުގެ ވާދަވެރިކަން މިދުވަސްވަރު ވަނީ ބޮޑުވެފަ އެވެ. ޖެހިޖެހިން ހަދާފައިވާ ޖަގަހަތަކުން އެންމެ ބާރަށް ލަވަޖެހުމުގެ ސަބަބުން އާންމު ފަރާތްތަކުން އެކަމުގެ ޝަކުވާ ފުލުހުންނަށް ވެސް ދަނީ ކުރަމުންނެވެ.
އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނުގެ 11 ވަނަ މާއްދާގައި ބުނަނީ ގޯތި ގެދޮރާއި އިމާރާތްތަކުގައި އަވަށްޓެރިންނަށް އުނދަގޫވާ ގޮތަށް، ބާރަށް ލަވަ ޖަހައި ނުވަތަ ޓީވީގެ އަޑު ބާރުކޮށްގެން ޓީވީ ބަލައި ނުވަތަ އެނޫންވެސް ގޮތަކަށް އަޑުގަދަކޮށް ހަދައިފިނަމަ އެކަން ކުރި މީހަކާމެދު އެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް އެކިއެކި މުނާސަބަތުތަކާ ގުޅިގެން ލަވަޖަހައި އަޑުގަދަ ކުރާނަމަ ސަރުކާރުގެ ކަމާބެހޭ އިދާރާއެއްގެ ހުއްދަ ހޯދަންޖެހެ އެވެ.