ރިޔާސީ އިންތިޚާބާ ގުޅޭ މައުލޫމާތު ސާފުކުރުމަށް އިލެކްޝަންސްގެ ހިލޭ ގުޅޭ ނަންމަބަރަށް ކޮންމެ ދުވަހަކު ގުޅޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން ހިލޭ ގުޅޭ ނަންބަރު 1414 އަށް ރިޔާސީ އިންތިޚާބު ނިމެންދެން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ފެށިގެން ދަންވަރު 12:00 އާ ހަމައަށް ގުޅޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތަށް ހަމަޖައްސާފައި ވަނީ އިންތިޚާބުގެ ދުވަސްވަރު ގާތްވެފައި ވާތީ މައުލޫމާތު ހޯދުމަށް ގުޅާފަރާތްތަކުގެ އަދަދު އިތުރުވަމުންދާތީ ކަމަށް އިލެކްޝްންސްގެ އިއުލާންގައި ވަނީ ބުނެފަ އެވެ.