25 Aug 2013, 18:44
ތ. ގުރައިދޫގައި ކުޑަ އަންހެން ކުއްޖަކަށާއި ފިރިހެން ކުއްޖަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ ކުރަމުން ދިޔަ ކަމަށް ތުހުމަތު ކުރެވޭ އެރަށު އިންޖީނުގޭގެ މެނޭޖަރު ހައްޔަރު ކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
ފެނަކަ ކޯޕަރޭޝަންގެ ދަށުން ހިންގާ ގުރައިދޫ އިންޖީނުގޭގެ މެނޭޖަރު އެރަށު ވަތަން އަހްމަދު ފުއާދު 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކޮށްފައި ވަނީ މިއަދު އެވެ.
ހައިކޯޓުން އެގޮތަށް އަމުރުކޮށްފައި ވަނީ ގުރައިދޫ މެޖިސްޓްރޭޓު ކޯޓުން އޭނާގެ ބަންދުގެ މުއްދަތު އިތުރުނުކޮށް ދޫކޮށްލުމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ އިސްތިއުނާފު ކުރުމުންނެވެ.
އޭނާ ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ތުހުމަތު ކުރެވެނީ 17 އަހަރުގެ އަންހެން ކުއްޖަކާއި 13 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންނަނީ ތަހުގީގު ކުރަމުންނެވެ.