އިންޑިޔާގެ ހައިދަރުއާބާދު ރަނާސް އިން އިންތިޒާމްކޮށްގެން ބޭއްވި މެރަތަން ރޭހުގައި ރާއްޖޭގެ ތިން ފުލުހަކު ބައިވެރިވެއްޖެ އެވެ.

އިންޑިޔާ ގަޑިން މިއަދު ފަތިހު 5:00 ހާއިރު ފެށި މި މެރަތަންގައި މޯލްޑިވްސް ޕޮލިސް ސާވިސް ތަމްސީލްކޮށްފައިވަނީ މިވަގުތު އިންޑިޔާގައި އައިޕީއެސް ޕްރޮބޭޝަނާސް ޓްރެއިނިން ހަދަމުންދާ ދެފުލުހުން ކަމަށްވާ ރަޖުނީ ސުއައިބު އާއި ހުސައިން ރަޝީދުގެ އިތުރުން އަޒްމާ ހަސަން އެވެ.

އެއާޓެލް ހައިދަރުއާބާދު މެރަތަން 2013 ގެ ނަމުގައި ކުރިއަށް ދިޔަ މި މެރަތަންގެ 42.2 ކިލޯމީޓަރުގެ ފުލް މެރަތަންގައި ދުވެ ރަޖުނީ ސުއައިބު އާއި ހުސައިން ރަޝީދު ވަނީ ފަސް ގަޑިއިރުގެ ތެރޭގައި ރޭސް ނިންމާފަ އެވެ. އަދި 21.1 ކިލޯމީޓަރުގެ ހާފް މެރަތަންގައި ދުވެ އަޒުމާ ހަސަން ވަނީ ތިން ގަޑިއިރާ 30 މިނިޓް ތެރޭގައި ރޭސް ނިންމާފަ އެވެ.

ކޮންމެ އަހަރަކު އިންޑިޔާގައި ބާއްވަމުން އަންނަ މި މެރަތަންގައި އިންޑިޔާގެ އިތުރުން ބޫޓާންގެ ސްޓޭޓްތަކާއި އިންޑިޔާގެ ޖަމިއްޔާތަކާއި ޔޫރަޕްގެ ބައެއް ގައުމުތަކާއި އެފްރިކާގެ ބައެއް ގައުމުތަކުން މީހުން ބައިވެރިވެފައިވެ އެވެ.