18 Nov 2010, 11:42
ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ، ދެވަނަ ދައުރަކަށް ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، މިއަދު ހަވީރު ފުރާވަޑައިގެންފި އެވެ.
މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުގެ ކުޑަ އިރުކޮޅެއް ކުރިން، ރައީސް އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން، މިދަތުރުފުޅުގައި، ދިވެހި ސަރުކާރާއި ސްރީލަންކާ ސަރުކާރާ ދެމެދު ފައިސާގެ މުޢާމަލާތުގެ އެއްބަސްވުމަކާ ބެހޭ މަޝްވަރާތަކެއް ކުރައްވާނެ ކަމަށް ވިދާޅުވެ، އެކަމުގެ ތަފްސީލު ރައީސް ދެއްވި އެވެ.
ރައީސްގެ އަރިހުގައި މިދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަމީން ފައިސަލް ވެސް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވަ އެވެ. މިދެބޭފުޅުން، ދިވެހި ވަފްދާ ގުޅިވަޑައިގަންނަވާނީ، ސްރީލަންކާއިން ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.