25 Aug 2013, 14:45
ފުލުހުންގެ ތެރެއިން ބައެއް މީހުންނަކީ ގާނޫނާ ޚިލާފުވެފައިވާ ބައެއް ކަމަށާއި އެ މައްސަލަ ބަލައި ކަށަވަރު ކުރުމަށް ފަހު އެމްޑީޕީގެ ވެރިކަމެއްގައި އެފަދަ ފުލުހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި އެވެ.
އިއްޔެ އާންމުކުރި އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައި ވަނީ ފުލުހުންގެ މުއައްސަސާއާ ބެހޭ ގޮތުން ރައްޔިތުން ދެކޭގޮތް ބަދަލުކުރަންޖެހޭ ކަމަށެވެ. އެގޮތުން ފުލުހުންގެ މުއައްސަސާ އަށް ރައްޔިތުންގެ އިތުބާރު ހޯދާނެ ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ވަނީ ހިމަނާފަ އެވެ.
ފުލުހުން ހަތް ސަރަހައްދަކަށް ބަހާލައި އެ ސަރަހައްދުތަކުގައި ދާއިމީކޮށް ފުލުހުންނަށް ހަރަކާތްތެރިވެވޭނެ ގޮތެއް އެމްޑީޕީގެ ވެރިކަމެއްގައި ހަމަޖައްސާނެ ކަމަށް ވެސް އެ މެނިފެސްޓޯގައި ވަނީ ހިމަނާފަ އެވެ.