25 Aug 2013, 13:51
ޅ. ނަފަރުގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށްފައި ވަނީ 13 އަހަރުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލުހިންގައި އެމަންޒަރު ފޮޓޯ ނަގައި އާންމުކުރި މައްސަލައިގެ ތުހުމަތުގައި ކަމަށެވެ. ހައްޔަރު ކުރި ދެ މީހުންގެ އުމުރަކީ 21 އަހަރު ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންގެ ބަންދުގެ މުއްދަތު ނައިފަރު ކޯޓުން 15 ދުވަހަށް އިތުރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.