23 Aug 2013, 22:24
މާލެއާ އިރުއުތުން 14 ނޯޓިކަލް މޭލު ބޭރުގައި އޮތް "ރަބީޢު" ނަކަމަށް ކިޔާ ކަންނެލި ދޯންޏެއް އަޑިއަށްދާން ފެށުމުން ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ޑެޕިއުޓީ ސްޕޯކްސް ޕާސަން ހުސައިން އަލީ ވިދާޅުވީ މިއަދު ހަވީރު 5:50 އެހައިކަންހާއިރު އެ ހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ކޯސްޓުގާޑުން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ދޯނީގައި ތިބީ 11 މީހުން ކަމަށާއި އެއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ. އެސަރަހައްދަށް ދިޔަ އެމްއެންޑީއެފްގެ ލޯންޗަކަށް އެމީހުން ނަގާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ދޯނީގެ ދިރުނބާކޮޅު އޮތީ ފެނުގެ އަޑީގައި ކަމަށާއި ޕަންޕުޖަހައިގެން ފެންހިއްކުމުގެ މަސައްކަތް ސިފައިން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.