ޕްރިންސް ވިލިއަމް އަށް ރައީސްލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެ އެވެ.


އިނގިރޭސި ވަލީ ޢަހުދު ޕްރިންސް ޗާލްސްގެ ދަރިކަލުން ޕްރިންސް ވިލިއަމަށް ރައީސް ނަޝީދު މަރުހަބާ ވިދާޅުވީ ކެތަރީން މިޑްލްޓަންއާ އެންގޭޖްވެވަޑައިގަތުމާ ގުޅިގެން ވިލިއަމް އަށް ފޮނުއްވެވި މަރުހަބާގެ ހާއްސަ މެސެޖެއްގަ އެވެ.  
ޕްރިންސް ވިލިއަމަށް ރައީސް ފޮނުއްވި މަރުޙަބާގެ މެސެޖްގައި، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ނަމުގައި، އެ ދެ ބޭފުޅުންނަށް މި އުފާވެރި މުނާސަބަތުގެ ހެޔޮއެދުންތައް ފޮނުއްވަވާ ކަމަށް ވިދާޅުވެފައި ވެއެވެ.