23 Aug 2013, 15:48
ރިޔާސީ އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެފައިނަލް ލިސްޓްއިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި އާއްމުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައިވާ އާއްމުކޮށްފައިވާލިސްޓުގައިއަތޮޅުތަކުގައި ވޯޓްލާ މީހުންގެ ރަޖިސްޓްރީ އާއި އައްޑޫ އާއި މާލެ ސިޓީގައި ވޯޓްލާ މީހުންގެ ރަޖިސްޓްރީ އާއި ސިނާއީ މަސަައްކަތް ކުރާ ތަންތަނުގައި ވޯޓްލާ މީހުންގެ ރަޖިސްޓްރީ އާއި ރާއްޖޭން ބޭރުގައި ވޯޓްލާ މީހުންގެ ރަޖިސްޓްރީ އާއި ޖަލުތަކުގައި ވޯޓްލާ މީހުންގެ ރަޖިސްޓްރީ އާއި ވިލިނގިލި އަދި ހުޅުމާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންގެ ރަޖިސްޓްރީގެ އިތުރުން ރިސޯޓްތަކުގައި ވޯޓްލުމަށް ރަޖިސްޓްރީވެފައިވާ މީހުން ހިމަނާފައިވެ އެވެ.
ެއިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ސަންއަށް ވިދާޅުވީ އެ ކޮމިޝަންގެ ވެބްސައިޓްގައި މިހާރު އާއްމުކޮށްފައިވާލިސްޓަކީގެޒެޓްކުރި ވޯޓާސް ލިސްޓަށް އިސްލާހު ގެނައުމަށް ފަހު ފަހުން އާއްމުކޮށްފައިވާ ލިސްޓް ކަމަށެވެ. އަދި މިހާރު އާއްމުކޮށްފައިވާލިސްޓަށްއެއްވެސް ކަހަލަ އުނި އިތުރެއް ގެންނަން ބޭނުންވި ނަމަވެސް އެބަދަލު ނުގެނެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވޯޓާސް ލިސްޓް ގެޒެޓް ކުރުމާ އެކު އަޅުގަނޑުމެން ހުޅުވާލިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، އެ ޝަކުވާތައް ބަލައި ގެންނަން ޖެހޭ ބަދަލުތައް ގެނެސްފައި ފައިނަލް ލިސްޓް މި އާއްމުކުރީ. އެ ލިސްޓުގައި ވޯޓް ލިބުމުގެ ހައްގު ލިބިފައިވާ އެއްވެސް ފަރާތެއްގެ ނަން ނެތް ނަމަވެސް އެމީހަކަށް އެ ފުރުސަތެއް ދެން ނުދެވޭނެ. ނަމަވެސް މި ލިސްޓަށް ވެސް ޝަކުވާއެއް ހުށަހަޅައިފި ނަމަ އެކަމެއް އަޅުގަނޑުމެން ބަލާފައި ދޭންޖެހޭ ޖަވާބެއް ދޭނަން،" ފުއާދު ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓްގައި ވޯޓާ ރަޖިސްޓްރީ އާއްމުކޮށްފައިވާ އިރު އެ ލިސްޓް ރިޔާސީ ކެންޑިޑޭޓުންނަށް ފޮނުއްވުމުގެ ކުރައްވަމުން ގެންދަވާ ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންނާ ބެހޭ ފައިނަލް ލިސްޓް އިލެކްޝަނުން އާއްމުކޮށްފައި ވަނީ ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓާއި ރީރެޖިސްޓްރޭޝަން ލިސްޓަށް ޝަކުވާތައް ހުށަހެޅުމަށް ފުރުސަތު ދިނުމަށް ފަހުގަ އެވެ.